ރަސްމާލޭގެ ސައިޓް އޭގެ 17 އިންސައްތަ ބިން ހިއްކާ ނިމިއްޖެ
18 ޑިސެމްބަރު 2025 - 04:30

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ދަށުން ސައިޓް އޭގެ 23 ހެކްޓަރުގެ ބިން ހިއްކާ ނިންމާލައިފިއެވެ.
ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް އެމްއޭސީއެލްއިން ގެނައި 2 ޑްރެޖަރާއެކު ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

Ad by Hajj Corporation
ރަސްމާލެ ހިއްކުން 3 ގުނަ އަވަސްކުރަން ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރު ބޭނުންކޮށްގެން ހިއްކުމުގެ މަސައްކަތް މިމަހުގެ ފުރަތަމަ ދުވަހު ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން 1009 ހެކްޓަރު ހިއްކުމަށްވަނީ ހަމަޖެހިފައެވެ.
.jpeg&w=3840&q=75)
މި މަސައްކަތުގެ ދަށުން ރަސްމާލޭގެ ސައިޓް އޭގެ 137.5 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާއިރު، 23 ހެކްޓަރުގެ ބިން ހިއްކުމާއެކު މި ސައިޓުގެ މަސައްކަތުގެ 17 އިންސައްތަ މިވަނީ ނިންމާލެވިފައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރަސްމާލޭގެ ސައިޓް އޭ ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ.
މި މަސައްކަތުގައި އެމްއޭސީއެލް އިން ބޭނުންކުރަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރުކަމަށްވާ ކްރިސްޓޮބަލް ކޮލޮންއެވެ.

ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ބިން ހިއްކުން ކުރިއަށް ގެންދަނީ 12 ސަރަޙައްދަކަށް ބަހާލައިގެން ނެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް ޖުމްލަ 240 ހެކްޓަރުގެ ސަރަހައްދެއް ވަނީ ހިއްކާ ނިމިފައެވެ.
މައްޗަންގޯޅީގެ ރައްޔިތުންނާއެކު މިމަހުގެ ތެރޭގައި ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަހަށް ނިމޭނެކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ ރައީސް ރަސްމާލެ ބިން ހިއްކާ ނިމޭއިރު އެސަރަޙައްދުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާ ނިމޭނެކަމަށެވެ. ރަސްމާލެއިން ޖުމްލަ 25000 ގޯތިދޫކުރުމަށް ނިންމާފައިވާއިރު ފުރަތަމަ ބުރުގައި 15000 މިހާރުވާނީ ޢިއުލާންކޮށްފައެވެ.
ރަސްމާލެ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ރަސްމާލެ މާސްޓަރ ޕްލޭންގެ ދަށުން ބޯހިޔާވަހިކަމުގެ މަސައްކަތްތަކާއި އަދި އިޤްތިޞާދީ ގިނަ މަސައްކަތްތަކެއްގެ މަސައްކަތް ފެށިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ. އިކޯސިޓީގެ ގޮތުގައި ތަރައްޤީކުރާ ރަސްމާލޭގެ މަސައްކަތް ސަރުކާރުން ފެށީ 2023 ވަނަ އަހަރުގައެވެ.


