logo
Bank of Maldives

Bank of Maldives

ޚަބަރު

ފޭސް 3 ހިއްކުމުގެ މަސައްކަތް ދޮޅުމަސްތެރޭ ނިންމަނީ

ޢައްފާން މުޙައްމަދު
14 ޑިސެމްބަރު 2025 - 05:25
ހިއްކުމުގެ މަސައްކަތްކުރަމުްނދާ ފޭސް 3 - ފޮޓޯ/އެމްއޭސީއެލް
ހިއްކުމުގެ މަސައްކަތްކުރަމުްނދާ ފޭސް 3 - ފޮޓޯ/އެމްއޭސީއެލް

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ދޮޅުމަސް ތެރޭ ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ސަރަހައްދު ހިއްކުމުގެ މަސައްކަތްކުރަމުންދާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލްއިން ކުރި ޕޯސްޓެއްގައި ބުނީ، ފޭސް 3 ހިއްކުމުގެ މަސައްކަތުގައި މިހާތަނަށް 31 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. އެއީ މުޅި މަޝްރޫއުގެ 49.2 އިންސައްތައެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ދޮޅު މަސްތެރޭގައި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުންކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

big_Rww9y3Y15qfRudwk1VQqXMjaW.jpg

ހިއްކުމުގެ މަސައްކަތްކުރަމުްނދާ ފޭސް 3 - ފޮޓޯ/އެމްއޭސީއެލް

 

މި މަސައްކަތް އަވަސްކުރުމަށް ސަރުކާރުން މިހާރުވަނީ 22000 ކިއުބިކް މީޓަރުގެ ވެލި އެއްފަހަރާ ނެގޭވަރުގެ ކެޕޭސިޓީގެ ބޮޑު 2 ޑްރެޖަރު ރާއްޖެ ގެނެސްފައެވެ. މީގެ ތެރެއިން ބޮސްކާލީސްގެ ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރ ގެނެސް ބިން ހިއްކަން ފަށާފައިވަނީ ނޮވްމެބަރު މަހުގެ 28 ވަނަ ދުވަހުގައެވެ.

ހުޅުމާލެ ފޭސް 3 ހިމެނޭގޮތަށް މާލެ ސަރަހައްދުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދަނީ އެމްއޭސީއެލްގެ 100 ޕަސެންޓް ހިއްސާ އޮންނަ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ ޕެނިންސިއުލާ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑް އެވެ.

big_Y980X8TSAbLCjBb1OsmQS66A3.jpg

ހިއްކުމުގެ މަސައްކަތްކުރަމުްނދާ ފޭސް 3 - ފޮޓޯ/އެމްއޭސީއެލް

 

ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެހެންނަމަވެސް އެކި ސަބަބުތަކާ ހެދި މި މަސައްކަތް ހުއްޓިފައި އޮތުމަށްފަހު ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް އެމްއޭސީއެލްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް ނިމުމާއެކު އެސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ދޫކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޭސް3 އަކުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުން މިއަދު ހަވީރު!ޚަބަރު | ގަޑިއިރެއް ކުރިންތަފާތު އެކި ހަރަކާތްތަކާއެކު "އީދު ހަވީރު 1447" ގައި އެމްއޭސީއެލް ޚަބަރު | 7 ދުވަސް ކުރިންރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުގެ ޢަދަދު އިތުރުވަނީޚަބަރު | 10 ދުވަސް ކުރިން އެމްއޭސީއެލް އިން ޖެޓް ފިއުލް ވިއްކާ އަގަށް ބަދަލު ގެނެސްފިޚަބަރު | 12 ދުވަސް ކުރިން