logo
Bank of Maldives

Bank of Maldives

ޚަބަރު

އަމާޒަކީ ކާޑާ ނުލައި ފައިސާ ދެއްކޭ ނެޝަނަލް ކިއުއާރް ކޯޑު އަންނަ އަހަރުގެ ތެރޭގައި ތައާރަފުކުރުން

އާމިނަތު ޝަފާ
10 އޯގަސްޓު 2025 - 06:09
އެމްއެމްއޭ ހިންގާ އިމާރާތް
އެމްއެމްއޭ ހިންގާ އިމާރާތް

ކާޑު ބޭނުންނުކޮށް ފައިސާގެ މުއާމަލާތުތައް ކުރެވޭ ނެޝަނަލް ކިއުއާރް ކޯޑެއް ތައާރަފުކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށާއި އަމާޒަކީ އަންނަ އަހަރު ހިދުމަތް ތައާރަފުކުރުންކަމަށް މަރުކަޒީ ބޭންކް- އެމްއެމްއޭއިން ބުނެފިއެވެ.

މެންދުރަށް މައުލުމާތުދެމުން އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ މި ހިދުމަތް ދޭނީ އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތުކުރެވޭ އިންސްޓެންޓް ޕޭމެންޓު ސިސްޓަމް "ފަވަރަ" އިގެ ތެރެއިންކަމަށެވެ. މި މަސައްކަތް ނިމުމުން، ރައްކާތެރިކަމާއެކު ފައިސާ ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބެން ފަށާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޮފިޝަލް ވިދާޅުވީ މިފަދަ ހިދުމަތްތަކަށް މިހާރު 2.5 އިންސައްތައިގެ ފީއެއް ދައްކާކަމަށާއި ނެޝަނަލް ކިއުއާރް ކޯޑެއް ތައާރަފުކުރުމުން މި ފީވެސް ދައްކަން ނުޖެހޭނެކަމަށެވެ.

އެމްއެމްއޭއިން މިހާރު އަންނަނީ މި ހިދުމަތަށް ހާއްސަ ކުންފުންޏެއް އުފެއްދުމުގެ އިތުރުން ޕޭމެންޓު ސިސްޓަމްގެ ގާނޫނަށް ބަދަލުގެނައުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

"ޕޭމެންޓް މޯލްޑިވްސް" ނަމުގައި ވަކި ކުންފުންޏެއް ހަދައި ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަ ޤައުމީ ޕޭމެންޓު ނުވަތަ ފައިސާގެ މުޢަމާލާތުގެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް އެކުންފުނީގެ ދަށުން ކުރުމަށް ނިންމައި އެކަމުގެ މަސައްކަތް ކުރަމުންދާއިރު މިކުންފުނި ވެގެންދާނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިޖާދީ ޕޭމަންޓް ހިދުމަތްތައް ތައާރަފުކޮށް، މި މަސައްކަތް ވިލަރެސްކުރާ ފަރާތައް ކަމަށް މަރުކަޒީ ބޭންކުން މީގެ ކުރިންވަނީ ބުނެފައެވެ.

މީގެ އިތުރުން ނެޝަނަލް ކިއުއާރު ކޯޑް ސްޓޭންޑަޑެއް އެކުލަވާލައި، މަސައްކަތް ކުރަމުންދާކަން މަރުކަޒީ ބޭންކުން ވަނީ ހާމަކޮށްފައެވެ. މިއީ ބޭންކްތަކާއި ޕޭމަންޓް ޚިދުމަތްދޭ ހުރިހާ ފަރާތްތަކުން ބޭނުންކުރާ ކިއުއާރު ކޯޑުތަކަކީ އެއް ހަމައެއްގެ މައްޗަށް ހެދިފައިވާ އިންޓައޮޕަރަބަލް ކިއުއާރު ކޯޑު ތަކަކަކަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވޭ މަސައްކަތެކެވެ.


މިކަމުގެ ސަބަބުން ފަރުދުންނާއި ވިޔަފާރިތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަށް ފަސޭހަވެ، އެމްއެމްއޭއިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ މާލީ ބައިވެރިވުން އިތުރު ކުރެވި، ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް ލިބޭ ބާރަކަށް މިކަންވެގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ ރޭޓް އިތުރުވެއްޖެޚަބަރު | 6 ދުވަސް ކުރިން2024ގެ ނިޔަލަށް ފަވަރަ އިން 23 ބިލިއަން ރުފިޔާ ޓްރާންސްފާކުރި ޚަބަރު | މަހެއް ކުރިންއެމްއެމްއޭއިން ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް ގެ ނަމުގައި މުބާރާތެއް އިއުލާނުކޮށްފިވިޔަފާރި | މަހެއް ކުރިން ބޭނުން ކުރެވޭ ރިޒާވަށް 10 މިލިޔަން ޑޮލަރުގެ ކުރިއެރުމެއްޚަބަރު | މަހެއް ކުރިން