logo
Bank of Maldives

Bank of Maldives

ޚަބަރު

30 ބިލިއަން ރުޕީސްގެ ކަރެންސީ ސްވޮޕް އަހަރުގެ ފަހުކޮޅު ބޭނުންކުރަން ފަށަނީ

އާމިނަތު ޝަފާ
10 އޯގަސްޓު 2025 - 06:33
ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ
ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ

ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާ އެކު ހަދާފައިވާ އެގްރީމެންޓްގެ ދަށުން ލިބިފައިވާ 30 ބިލިއަން ރުޕީސްގެ ކަރެންސީ ސްވޮޕް ފެސިލިޓީ އަހަރުގެ ފަހުކޮޅު ބޭނުންކުރަން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށްކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ މަރުކަޒީ ބޭންކް އިން ވަނީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއެކު ބައިލެޓަރަލް ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ އެއްބަސްވުމުގެ ދަށުން ދެ ކަރަންސީ ވިންޑޯއަކުން އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހި ވެގެންދާނެއެވެ. އެއީ އެމެރިކާ ޑޮލަރު ނުވަތަ ޔޫރޯ އަދި އިންޑިއަން ރުޕީސް ކަރަންސީ ވިންޑޯ މެދުވެރިކޮށެވެ.

މިގޮތުން، 'ފްރޭމްވަރކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީސް 2027 – 2024'ގެ ދަށުން އެމްއެމްއޭއަށް 400 މިލިޔަން އެމެރިކާ ޑޮލަރުގެ އިތުރުން 30 ބިލިޔަން އިންޑިއަން ރުޕީސްގެ އަދަދާ ހަމައަށް އެކި ފަހަރު މަތިން ސްވޮޕް ނެގޭނެކަމަށް ސަރުކާރުން މައުލޫމާތުދީފައިވެއެވެ. ޑޮލަރު/ޔޫރޯ ސްވޮޕް ފެސިލިޓީއަކީ ކުރު މުއްދަތުގެ ފޮރިން އެކްސްޗޭންޖް ބޭނުންތަކަށް އެހީތެރިވާނެ ފިޔަވަޅެކެވެ.

ސަރުކާރުން ތެލާއި އެހެނިހެން ހަރަދުތައް ހަމަޖެއްސުމާއި ދަރަނި އަދާކުރަން ޖެހޭ އަދަދު އިތުރުވުމުގެ ސަބަބުން މިދިޔަ އަހަރަކީ ރާއްޖޭގެ ފަހުގެ ތާރީހުގައި ރިޒާވް އެންމެ ބޮޑަށް ދަށްވި އެއް އަހަރުކަމަށް އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.

މިދިޔަ ޖޫން މަހުގެ ރިޒާވްގައި ހުރީ 832 މިލިއަން ޑޮލަރެވެ. އެ މަހުގައި ޔޫޒަބަލް ރިޒާވްގެ އަދަދަކީ 202 މިލިއަން ޑޮލަރެވެ.

ރިޒާވްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެމްއެމްއޭ އިން ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ބަދަލުތައް ގެނެސް، ޑޮލަރު ބޭންކްތަކަށް ޖަމާކުރާ އަދަދު އިތުރު ކޮށްފަ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ ރޭޓް އިތުރުވެއްޖެޚަބަރު | 6 ދުވަސް ކުރިން2024ގެ ނިޔަލަށް ފަވަރަ އިން 23 ބިލިއަން ރުފިޔާ ޓްރާންސްފާކުރި ޚަބަރު | މަހެއް ކުރިންއެމްއެމްއޭއިން ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް ގެ ނަމުގައި މުބާރާތެއް އިއުލާނުކޮށްފިވިޔަފާރި | މަހެއް ކުރިން ބޭނުން ކުރެވޭ ރިޒާވަށް 10 މިލިޔަން ޑޮލަރުގެ ކުރިއެރުމެއްޚަބަރު | މަހެއް ކުރިން