logo
Bank of Maldives

Bank of Maldives

ޚަބަރު

ބޭރު ފައިސާ މާރުކުރުމުގެ ހުއްދަ 34 ފަރާތަކަށް

އަޙްމަދު ޒަލީފް
10 އޯގަސްޓު 2025 - 09:27
ބޭރު ފައިސާ މާރުކުރުމުގެ ހުއްދަ 34 ފަރާތަކަށް

މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ޤަވާއިދު ދަށުން 34 ފަރާތަކަށް ލައިސަންސް ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.

މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ޤަވާއިދުގެ ދަށުން ލައިސަންސްއަށް އެދި ހުށަހެޅުމަށް ހުޅުވާލީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އަލަށް އަމަލުކުރަން ފެށި މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ޤަވާއިދުގެ ދަށުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ޚިދުމަތް ދެވޭނީ އަލުން ރަޖިސްޓްރީކޮށްގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، ޓިއާ 1 ލައިސަންސް 29 ފަރާތަކަށް އަދި ޓިއާ 2 ގެ ލައިސަންސް 5 ފަރާތަކަށް ވަނީ ދޫކޮށްފައެވެ.

ޓިއާ 1 ކެޓަގަރީގެ ލައިސަންސަކީ ބޭރުފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިކުރުމަށް ދޫކުރާ ލައިސަންސެކެވެ. ޓިއާ 2 ލައިސަންސަކީ ހަމައެކަނި ރިސޯޓްތަކަށް ބޭރުފައިސާ ވިއްކުމަށް ދޫކުރެވޭ ލައިސަންސެކެވެ. އަލަށް ލައިސަންސް ދޫކުރެވުނު 34 ފަރާތް ހިމަނައިގެން މިހާރު ޖުމްލަ 62 ފަރާތަކަށް ވަނީ ލައިސަންސް ދޫކޮށްފައެވެ. މީގެ ތެރޭގައި ކުރިން ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ވިޔަފާރި ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅާފައިވާ 28 ފަރާތް ހިމެނެއެވެ.

އެމްއެމްއޭ އިން އަލަށް އަމަލުކުރަން ފެށި މި ޤަވާއިދަކީ 1987 އިން ފެށިގެން އަމަލުކުރަމުން އައި ޤަވާއިދުގެ ބަދަލުގައި ތަޢާރަފުކުރެވުނު އައު ޤަވާއިދެކެވެ. 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ ރޭޓް އިތުރުވެއްޖެޚަބަރު | 5 ދުވަސް ކުރިން2024ގެ ނިޔަލަށް ފަވަރަ އިން 23 ބިލިއަން ރުފިޔާ ޓްރާންސްފާކުރި ޚަބަރު | މަހެއް ކުރިންއެމްއެމްއޭއިން ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް ގެ ނަމުގައި މުބާރާތެއް އިއުލާނުކޮށްފިވިޔަފާރި | މަހެއް ކުރިން ބޭނުން ކުރެވޭ ރިޒާވަށް 10 މިލިޔަން ޑޮލަރުގެ ކުރިއެރުމެއްޚަބަރު | މަހެއް ކުރިން