logo
ޚަބަރު

ޑްރަގް މައްސަލައެއްގައި ކޮޅުފުއްޓާއި ބިލެތްދޫން މީހަކު ހައްޔަރުކޮށްފި

އަޙްމަދު ޒަލީފް
10 އޯގަސްޓު 2025 - 10:35
ޑްރަގް މައްސަލައެއްގައި ކޮޅުފުއްޓާއި ބިލެތްދޫން މީހަކު ހައްޔަރުކޮށްފި

މ. ކޮޅުފުއްޓާއި ފ. ބިލެތްދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި ދެ މީހުންގެ ތެރެއިން ކޮޅުފުށީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މ. ކޮޅުފުށި / އުނިމާގެ، އަޙްމަދު ހުމައިދު (30އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ ކޮޅުފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަހު 8 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ކޮޅުފުށީ ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ައްކުކުރެވޭ އެއްޗެއް ހުރި 8 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރާކަމުގެ ތުހުމަތުކުރެވޭ މައްސަލައިގައި ފ. ބިލެތްދޫއިން ހައްޔަރުކޮށްފައި ވަނީ ހދ. ނޭކުރެންދޫ / ގުލޭނޫރަންމާގެ، ދާޢޫދު ޢަބްދުއްސައްތާރު (43އ) އެވެ. މި މަހު 7 ވަނަ ދުވަހު ބިލެތްދޫ ބަނދަރުމަތިން މީނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

 މި މައްސަލަތަކާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ހުމައިދު 30 ދުވަހަށް އަދި ދާޢޫދު ޢަބްދުއްސައްތާރު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

 މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިލެތްދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިންޑްރަގް ވިޔަފާރީގެ ބޮޑެއްކަމަށް ބެލެވޭ މީހަކު ލައްކައެއްހާ ރުފިޔާ އާއި ކިލޯއެއްހާ ޑްރަގާއެކު ހައްޔަރުކޮށްފިޚަބަރު | 8 ދުވަސް ކުރިންފުނަދޫއަށް މަސްތުވާތަކެތި އެތެރެ ކުރި މީހަކު ހައްޔަރަށް ޚަބަރު | 16 ދުވަސް ކުރިންޑްރަގާއެކު ކަލައިދޫން ފެނުނު މީހާގެ ބަންދަށް 12 ދުވަސް ޚަބަރު | 18 ދުވަސް ކުރިން