logo
ކުޅިވަރު

ޓްރާންސްފަރ މާކެޓް ކިންގް ސައިޒުކޮށް ޕެލަސް ޝީލްޑް ނަގައިފި

އަބްދުﷲ ޣާނިމް
11 އޯގަސްޓު 2025 - 03:01
ކޮމިއުނިޓީ ޝީލްޑް ޕެލަސް އިން އުފުލާލަނީ
ކޮމިއުނިޓީ ޝީލްޑް ޕެލަސް އިން އުފުލާލަނީ

ޓްރާންސްފަރ މާކެޓްގައި ޔޫރަޕުގެ އެންމެ ބޮޑު ޚަރަދެއްކުރި ލިވަޕޫލުން ސީޒަން ހުޅުވި މެޗުން ބަލިވެ އިނގިރޭސި ކޮމިއުނިޓީ ޝީލްޑް ގެއްލިއްޖެއެވެ. 300 މިލިޔަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓް އަކާއެކު ސީޒަންފެށި ލިވަޕޫލް އާއި ދެކޮޅަށް ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ކޮމިއުނިޓީ ޝީލްޑްގެ މެޗުގައި ކްރިސްޓަލް ޕެލަސް އިން ކާމިޔާބުކުރީ ޕެނަލްޓީ ޝޫޓްއައުޓުން ބަލިކޮށްގެންނެވެ.

މެޗު ފެށިގެން އެންމެ 4 މިނެޓުގައި ލިވަޕޫލަށް އަލަށް ސޮއިކުރި އެކިޓިކެ ގޯލުޖަހާފައިވާއިރ، ޕެލަސްގެ ފުރަތަމަ ގޯލަކީ 17 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މަޓެޓާ ޖެހި ގޯލެކެވެ. ލިވަޕޫލުގެ ދެވަނަ ގޯލު 21 ވަނަ މިނެޓުގައި ފްރިމްޕޮންގް ޖަހާފައިވާއިރު، ޕެލަސްގެ ސަރ ވަނީ 77 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މީގެ އިތުރުންވެސް ޕެލަސް އަށް މިމެޗުގައި ލަނޑުޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބި ބޭކާރުވެފައިވާކަން ފާހަގަ ކުރެވެއެވެ. މެޗުގެ ފުރިަހަމަ ވަގތު ހަމަވީ 2-2 އިންނެވެ.

Hajj Corpooration

ޕެނަލްޓީ ޝޫޓުގައި ލިވަޕޫލުގެ ސަލާޙުގެ ޕެނަލްޓީ ބޭރަށް ޖަހާފައިވާއިރު، މެކަލިސްޓާ އާއި ހާވޭ އެލިއަޓް ޖެހި ޕެނަލްޓީ އިނގިރޭސި ކީޕަރު ހެންޑަސަން ވަނީ ދިފާއުކޮށްފައެވެ. ޕެނަލްޓީ ޝޫޓު ޕެލަސް އިން ކާމިޔާބުހޯދީ 3-2 އިންނެވެ.

މިނަތީޖާއަކީ ޓްރާންސްފާގެ ރެކޯޑްތައް ބިންދާލުމަށްފަހު ސީޒަނާ ކުރިމަތިލި ލިވަޕޫލަށް ލިބުނު ބޮޑު ސިހުމެކެވެ.

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަހާޙުގެ ރެކޯޑާއެކު ޗެންޕިއަން ލިވަޕޫލް ލީގުފެށީ މޮޅަކުންކުޅިވަރު | ދުވަހެއް ކުރިންލިވަޕޫލުގެ ޑިފެންސިވް މައްސަލަތައް ހައްލުކުރުމަށް ދެ ޑިފެންޑަރުން ގެންނަނީކުޅިވަރު | 4 ދުވަސް ކުރިންޓްރާންސްފަރ މާކެޓް ކިންގް ސައިޒުކޮށް ޕެލަސް ޝީލްޑް ނަގައިފިކުޅިވަރު | 6 ދުވަސް ކުރިންޑާވިން ނޫނޭޒް އަލް ހިލާލް އަށް ވިއްކާލުމަށް ލިވަޕޫލުން އެއްބަސްވެއްޖެކުޅިވަރު | 11 ދުވަސް ކުރިން