logo
ކުޅިވަރު

ސަލާޙުގެ ރެކޯޑާއެކު ޗެންޕިއަން ލިވަޕޫލް ލީގުފެށީ މޮޅަކުން

އަބްދުﷲ ޣާނިމް
16 އޯގަސްޓު 2025 - 05:32
ލިވަޕޫލްގެ ފޯވާޑް އެކިޓިކެ ރޭގައި ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ
ލިވަޕޫލްގެ ފޯވާޑް އެކިޓިކެ ރޭގައި ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ

ޕްރިމިއަރ ލީގު ސީޒަން ހުޅުވުމުގެ ގޮތުން ރޭގައި ލިވަޕޫލުގެ އެންފީލްޑްގައި ބޯންމައުތް އާއި ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުން ލިވަޕޫލް މޮޅުވެއްޖެއެވެ. މިމެޗުން ލިވަޕޫލް މޮޅުވީ 2-4 އިންނެވެ. މި މެޗަކީ މިދިޔަ ޖުލައި މަހު އެކްސިޑެންޓެއްގައި ކުލަބުގެ ކުރީގެ ތަރި ޑިއޯގޯ ޖޯޓާއަށް ޚާއްސަ އިޙްތިރާމެއް އަދާކުރި މެޗެކެވެ.

މެޗު ފެށުމުގެ ކުރިން، ޖޯޓާގެ ނަމާއި، ފޮޓޯ އަދި ޖާޒީ ނަންބަރު 20 ޖަހާފައިވާ ބެނާތަކާއި، ބެލޫންތަކާއި، ސްކާފުތައް އުފުލައިގެން ތިބި ސަޕޯޓަރުން "ޔޫ ވިލް ނެވަރ ވޯކް އެލޯން" ގައި ބައިވެރިވިއެވެ. މި ވަގުތު ގިނަ ސަޕޯޓަރުންގެ ލޮލުން ކަރުނަ އައިސްފައިވާ މަންޒަރު ފެނުނެވެ.

Hajj Corpooration

Screenshot 2025-08-16 104336.png

ޖޯޓާގެ ހަނދާނުގައި ލިވަޕޫލުގެ ސަޕޯޓަރުންގެ ޓްރިބިއުޓް

މި މެޗުގައި ލިވަޕޫލްއާއި އަލަށް ގުޅުނު އެކިޓިކެ ވަނީ އޭނާގެ ލީގުގެ ފުރަތަމަ ލަނޑު ޖަހާފައެވެ. 37 ވަނަ މިނެޓްގައި ޖެހި މި ލަނޑަށްފަހު އޭނާ ވަނީ ޖޯޓާގެ ނަންބަރު 20 އަށް އިޝާރާތްކޮށް ސެލެބްރޭޓްކޮށްފައެވެ. ދެވަނަ ހާފުގައި ކޯޑީ ގަކްޕޯ ވެސް ވަނީ ލަނޑެއް ޖަހާފައެވެ.

ދެވަނަ ހާފުގައި ބޯންމައުތުގެ އެންޓޮއިން ސެމެންޔޯ ވަނީ ދެ ލަނޑު ޖަހައި މެޗު އެއްވަރުކޮށްފައެވެ. ނަމަވެސް މެޗުގެ ފަހު މިނެޓުތަކުގައި ލިވަޕޫލް ވަނީ އިތުރު ދެ ލަނޑު ޖަހައި މޮޅުވެފައެވެ. މިގޯލުތައް ޖަހައިދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ފެޑެރީކޯ ކިއޭސާ، އަދި ލިވަޕޫލްގެ ފަހުގޯލު ޖަހައިދިނީ ރެކޯޑް ބްރޭކަރ ސަލާޙުއެވެ. ރޭގެ ގޯލާއެކު ސަލާޙުވަނީ އިނގިރޭސި ލީގުގައި ޖެހިޖެހިގެން 10 އަހަރުގައި ސީޒަން ފެށޭ މެޗުގައި ގޯލުޖެހި ފުރަތަމަ ކުޅުންތެރިޔާއަށް ވެފައެވެ.

 

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަހާޙުގެ ރެކޯޑާއެކު ޗެންޕިއަން ލިވަޕޫލް ލީގުފެށީ މޮޅަކުންކުޅިވަރު | 15 ގަޑިއިރު ކުރިންލިވަޕޫލުގެ ޑިފެންސިވް މައްސަލަތައް ހައްލުކުރުމަށް ދެ ޑިފެންޑަރުން ގެންނަނީކުޅިވަރު | 4 ދުވަސް ކުރިންޓްރާންސްފަރ މާކެޓް ކިންގް ސައިޒުކޮށް ޕެލަސް ޝީލްޑް ނަގައިފިކުޅިވަރު | 6 ދުވަސް ކުރިންޑާވިން ނޫނޭޒް އަލް ހިލާލް އަށް ވިއްކާލުމަށް ލިވަޕޫލުން އެއްބަސްވެއްޖެކުޅިވަރު | 10 ދުވަސް ކުރިން