logo
ޚަބަރު

އެޗްއާރުސީއެމް އަށް 2 މެމްބަރުން އައްޔަނުކުރުމުގެ މައްސަލަ މަޖިލީހަށް

އާމިނަތު ޝަފާ
12 އޯގަސްޓު 2025 - 07:24
އެޗްއާރުސީއެމް އަށް 2 މެމްބަރުން އައްޔަނުކުރުމުގެ މައްސަލަ މަޖިލީހަށް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް- އެޗްއާރްސީއެމްގެ ދެ މެންބަރެއްގެ މުއްދަތު ހަމަވާތީ އެ މަގާމަށް މެމްބަރުން އައްޔަންކުރުމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައިސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވި ދެ ބޭފުޅުންގެ ނަންތައް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްވާފައިވާއިރު އެ ދެ ނަމަކީ:

Hajj Corpooration
  • ފާރިސް ތޯހާ؛ ހ. ސޯސަން
  • އަހުމަދު ޝަފީގު މަހުމޫދު؛ މ. ޕޮޕީ

 

އެ މައްސަލަ ދިރާސާކުރާނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނެވެ. 

އެޗްއާރުސީއެމް ހިމެނެނީ ޖުމްލަ 5 މެންބަރުންގެ މައްޗަށެވެ. އެކޮމިޝަންގައި މިވަގުތު ތިއްބެވީ އެކޮމިޝަނުގެ ރައީސް މަރިޔަމް މުނާއާއި، ނާއިބު ރައީސް މުއުމިނާ ވަޙީދާއި، އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާގުއާއި ސަމާޢު އަޙްމަދު ނަޖީބުގެ އިތުރުން އިސްމާޢީލް ހަބީބެވެ.

އެޗްއާރުސީއެމްގެ މެމްބަރެއްގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. އެ ކޮމިޝަނުގެ ދެ މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލީ އެ ކޮމިޝަނުގެ ނައިބު ރައީސް މޫމިނާ ވަހީދުގެ އިތުރުން ކޮމިޝަނަރު އައިމިނަތު ޝިފާތު އަބްދުއްރައްޒާގެ ދައުރު އަންނަ މަހުގެ 8 ވަނަ ދުވަހަށް ހަމަވާތީ އެވެ.

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންސްޕާއާއި އާސަންދައިން ހޮސްޕިޓަލްތަކަށް ނުދައްކާ އޮތް 1.3 ބިލިއަން ރުފިޔާ މިސަރުކާރުން ވަނީ ދައްކާފައި: މަމްދޫހްޚަބަރު | 19 ގަޑިއިރު ކުރިންޒަކާތު ބިލު ބަލައިގަނެ ކޮމިޓީއަށް ޚަބަރު | 5 ދުވަސް ކުރިންއެޗްއާރުސީއެމް އަށް 2 މެމްބަރުން އައްޔަނުކުރުމުގެ މައްސަލަ މަޖިލީހަށްޚަބަރު | 6 ދުވަސް ކުރިންޒަކާތު ބިލުގެ ބަހުސް ފަށައިފި ޚަބަރު | 6 ދުވަސް ކުރިން