logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީގެ ސަރުކާރުގައި އެންސްޕާއާއި އާސަންދައިން ހޮސްޕިޓަލްތަކަށް ނުދައްކާ އޮތް 1.3 ބިލިއަން ރުފިޔާ މިސަރުކާރުން ވަނީ ދައްކާފައި: މަމްދޫހް

މުހައްމަދު މޫސާމުހައްމަދު މޫސާ
17 އޯގަސްޓު 2025 - 10:56
އެންސްޕާއާއި އާސަންދައިން ހޮސްޕިޓަލްތަކަށް ނުދައްކާ އޮތް 1.3 ބިލިއަން ރުފިޔާ މިސަރުކާރުން ވަނީ ދައްކާފައި: މަމްދޫހް

ނިމުނު އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު އާސަންދައާއި އެންސްޕާއިން ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ އޮތް 1.36 ބިލިއަން ރުފިޔާ މި ސަރުކާރުން ދައްކާ ޚަލާސްކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް މިއަދު ހާމަކުރައްވައިފިއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މެންބަރެއް ކަމަށްވާ މަމްދޫޙް މި މަޢުލޫމާތު ހާމަކުރެއްވީ މިއަދު ބޭއްވުނު އެ ކޮމެޓީގެ 33 ވަނަ ބައްދަލުވުމަށް ފަހުގައެވެ. މި ބައްދަލުވުމުގައި ޕްރައިވެޓް ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކި ލަސްވުމުގެ ސަބަބުން އެ ތަންތަނަށް ދިމާވާ ދަތިތަކާ ގުޅޭ މައްސަލަ ދިރާސާކޮށްފައިވާ ރިޕޯޓު އިތުރަށް ދިރާސާކުރުމަށް ވަނީ ނިންމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

17 ނޮވެމްބަރު 2023 ގެ ނިޔަލަށް، އާސަންދައިން 1,146,328,560 ރުފިޔާ، އަދި އެންސްޕާއިން 491,314,492 ރުފިޔާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޕްރައިވެޓް ހޮސްޕިޓަލްތަކަށާއި ވެންޑަރުންނަށް ދައްކަން ޖެހި، ނުދައްކާ އޮތްކަން ރިޕޯޓުން ހާމަވޭ, - ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް

މީގެއިތުރުން، 17 ނޮވެމްބަރު 2023 އިން 22 ޖުލައި 2024 އާ ހަމައަށް، އެންސްޕާގެ އެކި ޚިދުމަތްތަކަށް 1.53 ބިލިއަން ރުފިޔާގެ ބިލް ކުރެވިފައިވާއިރު، ވެރިކަން ބަދަލުވިއިރު ނުދައްކާ އޮތް 491 މިލިއަން ރުފިޔާއާއި އޭގެ އިތުރު 871 މިލިއަން ރުފިޔާ، ޖުމްލަ 1.36 ބިލިއަން ރުފިޔާ މިހާރުގެ ސަރުކާރުން ދައްކާ ޚަލާސްކޮށްފައިވާކަން ރިޕޯޓުން ހާމަވާކަމަށް މަމްދޫޙް ފާހަގަކުރެއްވިއެވެ.

މިއީ 22 ޖުލައި 2024 ގެ ނިޔަލަށް ނެގިފައިވާ ހިސާބުތަކެއްކަން ސާފުކޮށް ރިޕޯޓުން ހާމަވާކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަށްރަށުގެ އަސާސީ ޚިދުމަތްތައް ފުރިހަމަނުވެ އޮތީ އެމްޑީޕީ ސަރުކާރުން ހެދި ބޮޑެތި ގޯސްތަކުގެ ސަބަބުން: މަމްދޫހްޚަބަރު | 3 ގަޑިއިރު ކުރިންއެމްޑީޕީ ސަރުކާރުގައި ހުޅުދޫ އިންޖީނުގޭ އަޅަން 185 މިލިއަން ދޫކުރި، ފެންނަން ހުރީ ވަށާފާރަކާ ސައިލެންސަރެއް: ޝާޑްޚަބަރު | 4 ގަޑިއިރު ކުރިންރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ވަރަށް ބުރަ މަސައްކަތްޕުޅުތަކެއް އެބަ ކުރައްވާ: އައިބީޚަބަރު | 21 ގަޑިއިރު ކުރިންއަޅުގަނޑު ރިޔާސަތުގައި އިންނަހާ ހިނދަކު މަޖިލިސް ޖަނަވާރު ކޮށްޓަކަށް ނުހެދޭނެ: ސަލީމްޚަބަރު | ދުވަހެއް ކުރިން