logo
MPL

MPL

ޚަބަރު

ނޯވޭގެ ރަސްގެފާނު އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

އައިޝަތު ނަޝާއައިޝަތު ނަޝާ
29 އޯގަސްޓު 2026 - 05:46
ނޯވޭގެ ރަސްގެފާނު އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ނޯވޭގެ ރަސްގެފާނު ހަރާލްޑް ފަސްވަނަ އަވަހާރަވުމާ ގުޅިގެން، އެ ގައުމުގެ ބޮޑުވަޒީރު ޔޯނަސް ގާ ސްޓޭރޭއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ރަސްގެފާނު އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ނޯވޭގެ ޝާހީ އާއިލާއަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް އިޚްލާސްތެރި ތައުޒިޔާ ވަނީ އަރިސްކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން، ރަސްގެފާނު ހަރާލްޑަކީ މުޅި އުމުރުފުޅު ނޯވޭގެ ގައުމީ ހިދުމަތުގައި ހޭދަކުރައްވައި، ސާބިތު ލީޑަޝިޕެއްގެ ދަށުން ރައްޔިތުންގެ ލާބައަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއްގެ ގޮތުގައި އަބަދުވެސް ހަނދާން އާކުރެވޭނެ ބޭފުޅެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު އަވަހާރަވުމަކީ ހަމައެކަނި ނޯވޭއަށް ލިބުނު ފުން ހިތާމައެއް ނޫން ކަމަށާއި، އެމަނިކުފާނުގެ އަގުހުރި ހިދުމަތްތައް ބަލައިގަންނަ އެންމެހާ ފަރާތްތަކަށް ލިބުނު ބޮޑު ހިތާމައެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވަނީ، މި ހިތާމަވެރި ދަނޑިވަޅުގައި ޝާހީ އާއިލާއަށާއި ނޯވޭގެ ރައްޔިތުންނަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުމަށް އެދިވަޑައިގެންފައެވެ.

އުމުރުފުޅުން 89 އަހަރުގައި ރަސްގެފާނު ހަރާލްޑް އަވަހާރަވީ އޮސްލޯ ޔުނިވާސިޓީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިވިލް ސާވިސް މުވައްޒަފުން އައްޔަންކުރުން އޮންލައިން ކުރަނީޚަބަރު | 16 މިނިޓު ކުރިންކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު، ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި ޚަބަރު | ދުވަހެއް ކުރިންރަސްމާލެ މަޝްރޫއާ ގުޅުވައި ކިތަންމެ ދޮގެއް ފެތުރިޔަސް ރައްޔިތުން ނުހެއްލޭނެ: ފަލާހުޚަބަރު | 7 ދުވަސް ކުރިންގާނޫނާ ހިލާފަށް ހޯދާފައިވާ ހުރިހާ މުދަލެއް ދައުލަތަށް ނަގަންޖެހޭނެ: މެމްބަރު އިބްރާހީމް ދީދީޚަބަރު | 7 ދުވަސް ކުރިން