logo
MPL

MPL

ޚަބަރު

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު، ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި

އަޙުމަދު ރިޝާން
12 އޮކްޓޯބަރު 2026 - 07:05
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު، ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި މި ބިލަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ އިއްތިފާގުން ވަނީ ތާއީދުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބިލު ހުށަހެޅުއްވުމުގެ މައިގަނޑު މަގުސަދަކީ ޖިނާޢީ ބޮޑެތި ކުށްތައްކޮށްގެން ހޯދާ މާލީ މަންފާގެ ބޭނުންކުރުން ހުއްޓުވުމެވެ. އަދި ނުޙައްގުން ހޯދާ މުދާ ދައުލަތަށް ނެގުމާއި، އެފަދަ މުދަލުން އިތުރު މަންފާ ހޯދޭނެ ހުރިހާ މަގެއް ބަންދުކުރުމަކީވެސް މި ބިލުގެ މަގުސަދެކެވެ.

ދައުލަތަށް މުދާ ނެގޭނެ ކުށްތަކުގެ ތެރޭގައި މަނީ ލޯންޑަރިންއާއި، ޓެރަރިޒަމާ ގުޅުންހުރި ކުށްތަކާއި، މީހުން މެރުމާއި، މަސްތުވާތަކެއްޗާއި، މީހުންނާއި ހަތިޔާރު ޓްރެފިކް ކުރުމާއި، ކޮރަޕްޝަނާއި، އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތައް ހިމެނެއެވެ. މީގެ އިތުރުން ޓެކުހުން އެއްކިބާވުމާއި، ވައްކަމާއި، ފޭރުމާއި، ޚިޔާނާތާއި މުދާ ސްމަގުކުރުންފަދަ ކުށްތަކުގެ ތެރެއިން ވަކި އަދަދަކަށްވުރެ މަތީ ފައިސާ ހިމެނޭ ކުށްތަކުގައިވެސް ދައުލަތަށް މުދާ ނެގޭނެއެވެ.

ރާއްޖެއިން ބޭރުގައި ނުވަތަ މި ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ކުށެއް ކޮށްފައިވީ ނަމަވެސް އައު ޤާނޫނުގެ ތެރެއިން ފިޔަވަޅު އެޅޭނެ ކަމަށް ބިލުގައިވެއެވެ. އަދި ކުށުގެ ތުހުމަތުވާ ފަރާތުގެ މައްޗަށް ކުށް ސާބިތުވިޔަސް ނުވަތަ ނުވިޔަސް މުދާ ނެގޭނެ ކަމަށް ބަޔާންކޮށްފައިވުމަކީ މި ބިލުގައިވާ ވަރަށް މުހިންމު ކަމެކެވެ.

މި ބިލު ފާސްވެ އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި "އެސެޓް މެނޭޖްމަންޓް އޮތޯރިޓީ" ގެނަމުގައި މިނިވަން އިދާރާއެއް އުފައްދަންޖެހޭނެއެވެ. އަދި 60 ދުވަހުގެ ތެރޭގައި "ރިކަވަރޑް އެސެޓް ފަންޑެއް" ގާއިމުކޮށް، ކުށްކުރުން ހުއްޓުވުމަށާއި ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލު ދިނުމުގެ ކަންކަން އެ ފަންޑުން ބަލަހައްޓާނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު، ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި ޚަބަރު | ގަޑިއިރެއް ކުރިންރަސްމާލެ މަޝްރޫއާ ގުޅުވައި ކިތަންމެ ދޮގެއް ފެތުރިޔަސް ރައްޔިތުން ނުހެއްލޭނެ: ފަލާހުޚަބަރު | 6 ދުވަސް ކުރިންގާނޫނާ ހިލާފަށް ހޯދާފައިވާ ހުރިހާ މުދަލެއް ދައުލަތަށް ނަގަންޖެހޭނެ: މެމްބަރު އިބްރާހީމް ދީދީޚަބަރު | 6 ދުވަސް ކުރިންނޯވޭގެ ރަސްގެފާނު އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | މަހެއް ކުރިން