ގާނޫނާ ހިލާފަށް ހޯދާފައިވާ ހުރިހާ މުދަލެއް ދައުލަތަށް ނަގަންޖެހޭނެ: މެމްބަރު އިބްރާހީމް ދީދީ
6 އޮކްޓޯބަރު 2026 - 07:44
.jpg&w=1920&q=75)
ގާނޫނު އަސާސީ އާ ހިލާފުވާ ގޮތަށް ހޯދާފައިވާ އެންމެހައި މުދަލެއް ދައުލަތަށް ނަގަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ހުށަހަޅުއްވާފައިވާ، ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލަށް ބަހުސް ކުރައްވަމުން މެމްބަރު އިބްރާހީމް ދީދީ ވިދާޅުވީ ނުހައްގު މުދާ ހޯދައިގެން މުއްސަނދިވާ ކޮންމެ މީހެއް ކަމުގައިވީ ނަމަވެސް އެއީ، ޒުވާނެއް ނުވަތަ އުމުރުން ދުވަސްވީ މީހެއް ކަމުގައި ވީނަމަވެސް، އަދި ބާރުގަދަ މަގާމެއްގައި ހުރި މީހެއް ނުވަތަ އާންމު ރައްޔިތެއް ކަމުގައި ވީނަމަވެސް ތަފާތުކުރުމެއްނެތި އަދަބު ދެވެންޖެހޭނެ ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
ހުށަހެޅިފައިވާ ބިލަކީ ހުރިހާ އެންމެންގެ މައްޗަށް ހަމަހަމަކަމާއެކު ހިނގާނެ ބިލެއްކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ މި ބިލުގެ މަގްސަދަކީ ހަލާލު ގޮތުގައި މުއްސަނދިކަން ހޯދުމަށް ބާރުއެޅުން ކަމަށެވެ.
"މި ބިލު ހުށައެޅުމުގެ މަގްސަދުގެ ތެރޭގައި އަޅުގަނޑަށް ޔަގީން އެބަ ހިމެނޭކަން ދިވެހި ރައްޔިތުން ހަލާލު ގޮތުގަ ފައިސާ ހޯދުމަށް ފުރުސަތު": މެމްބަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރު މުއްދަތެއްގެ ތެރޭގައި އާދަޔާޚިލާފު ބޮޑު މުއްސަނދިކަމެއް ހޯދާ ފަރާތްތަކުން އެ މުދާ ހޯދި ގޮތް ސާފުކޮށްދޭންޖެހޭނެ ކަމަށް އިބްރާހީމް ދީދީ ވިދާޅުވިއެވެ. އަދި ދައުލަތުގެ ނިޒާމުގެ ތެރެއިން ދެފުށް ފެންނަ ގޮތަށް ކަންކަން ކުރިއަށްގެންދިއުމަށާއި ޒިންމާދާރުކުރުވުމަށްޓަކައި، އެފަދަ މުއްސަނދިކަން ހޯދި ގޮތް ތަހުގީގުކޮށް ކަށަވަރުކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
