logo
MPL

MPL

ޚަބަރު

މަސްވެރިކަމުގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފި

އަޙުމަދު ރިޝާން
26 އޯގަސްޓު 2026 - 13:13
މަސްވެރިކަމުގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފި

މަސްވެރިކަމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މުހިންމު އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާޤުންނެވެ. ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަހުމަދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލު ފާސްކޮށްފައިވަނީ، އިގްތިސޯދީ ކޮމިޓީން ބިލު ދިރާސާކުރުމަށްފަހު ގެނައި އިސްލާހުތަކާވެސް އެކުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިސްލާހުތައް ގެނައުމުގެ މައިގަނޑު މަގުސަދަކީ މަސްވެރިކަމުގެ ގާނޫނާ ހިލާފަށް ހަރަކާތްތެރިވާ އުޅަނދުފަހަރާއި އެހެނިހެން ފަރާތްތަކާމެދު އިދާރީ ފިޔަވަޅު އެޅުމުގެ އުސޫލުތައް ހަރުދަނާކުރުމާއި، މަސްވެރިކަން ކުރުން ހުއްދަ ބާވަތްތައް ކަނޑައެޅުމާ ގުޅޭ އުސޫލުތައް މުރާޖައާ ކުރުމެވެ. މީގެއިތުރުން، ހިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތަކުގެ މަސްވެރިކަން ކުރުމަކީ ގާނޫނުގެ ދަށުން ކުށެއް ކަމުގައި ކަނޑައަޅައި، އެފަދަ ކުށްތަކަށް ބޮޑެތި ޖޫރިމަނާތައް ކަނޑައެޅުމާއި، ގާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

ބިލުގައިވާ ގޮތުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އިތުރު ބާވަތްތަކުގެ މަސްވެރިކަން ކުރުމުގެ ހުއްދަ މަސްވެރިކަމާ ބެހޭ ވުޒާރާއަށް ދެވިދާނެއެވެ. ނަމަވެސް އެގޮތަށް ހުއްދަ ދެވޭ ބާވަތްތަކާއި، ޝަރުތުތަކާއި، އުސޫލުތައް އަދި ނަގާނެ ފީތައް ސަރުކާރުގެ ގެޒެޓުގައި އާންމުކުރަންވާނެއެވެ. އެކި ބާވަތްތަކުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދިން ނަމަވެސް، ހިމާޔަތްކޮށްފައިވާ އެއްވެސް ބާވަތެއްގެ މަސްވެރިކަން ކުރުމަކީ މުޅިން މަނާކަމެކެވެ. އެގޮތުން ހިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތަކުން މަސްވެރިކަން ކޮށްފިނަމަ 500،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ މަހުގެ ބާވަތެއް ރާއްޖެއިން ބޭރުކޮށްފިނަމަ 1،000،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު މި ގާނޫނުން ލިބިގެންދާނެ އެވެ.

މި އިސްލާހުގެ ދަށުން، މަސްވެރިކަމާ ގުޅުންހުރި އެކިއެކި ހަރަކާތްތަކަށް ހާއްސަ ބަނދަރުތައް ތަރައްޤީ ކުރުމުގެ ހުއްދަ ދިނުމުގެ ބާރު ކަމާބެހޭ ވުޒާރާއަށް ލިބިގެންދާނެއެވެ. އަދި ގާނޫނާއި ހިލާފަށް ހިންގާ ބޭރުގެ އުޅަނދުފަހަރާމެދު ފިޔަވަޅު އަޅާނެ ހާއްސަ އުސޫލުތަކާއި، މަސްވެރިކަމުގެ ދާއިރާއިން ކުރެވޭ އެހެނިހެން ކުށްތަކަށް ކަނޑައަޅާ އަދަބުތައްވެސް މި އިސްލާހުގައި ތަފުސީލްކޮށް ހިމަނާފައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޗްއާރުސީއެމްގެ މެންބަރުކަމަށް ޝަމްއޫން އައްޔަން ކުރަން ފާސްކޮށްފިޚަބަރު | ގަޑިއިރެއް ކުރިންމަސްވެރިކަމުގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފިޚަބަރު | ގަޑިއިރެއް ކުރިންސަރުކާރުގެ މަޝްރޫއުތައް ހިންގަން ކައުންސިލްތަކުގެ ބިން ނެގޭ އިސްލާހު ފާސްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންއިންފޯމޭޝަން ކޮމިޝަނަރުކަމަށް އަބްދުލްއަޒީޒު އަށް ރުހުންދީފިޚަބަރު | 2 ގަޑިއިރު ކުރިން