ސިވިލް ސާވިސް މުވައްޒަފުން އައްޔަންކުރުން އޮންލައިން ކުރަނީ
13 އޮކްޓޯބަރު 2026 - 13:44

ސިވިލް ސަރވިސްއަށް މުވައްޒަފުން އައްޔަނުކުރުމު ކަންކަން ޑިޖިޓަލްކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ސިސްޓަމްއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާ ގުޅޭގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މައުލޫމާތު ދެމުން އެ ކޮމިޝަންގެ ކައުންސެލް ޖެނެރަލް އިބްރާހިމް ރަޝީދު ވިދާޅުވީ ވަޒީފާއަށް ވަންނައިރު ދޭ ޓެސްޓުތައް އޮންލައިންކޮށް ހެދޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޝަކުވާ ހުށަހަޅައި ފަސޭހައިން ޖަވާބުދާރީ ވެވޭނެ އޮންލައިން ކޮމްޕްލެއިންޓްސް މޮޑިއުލެއްވެސް މިހާރު ގާއިމުކޮށްފައިވާނެ ކަމަށް ރަޝީދު ފާހަގަކުރެއްވެވި އެވެ.
.png&w=750&q=75)
Ad by Hajj Corporation
އެ ކޮމިޝަންގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާގޮތުން އަލަށް 4,370 މީހުން ވަނީ ވަޒީފާއާ ގުޅިފަ އެވެ. އަދި ސިވިލްސާވިސް މުވައްޒަފުންގެ އަދަދު ވަނީ 35,000 އަށްވުރެ އިތުރުވެފައެވެ. ނަމަވެސް ކޮމިޝަންގައި ތިބި މުވައްޒަފުންގެ އަދަދު މަދުވުމުގެ ސަބަބުން މިހާ ގިނަ މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭކަން އެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން، މިދިޔަ އަހަރު 5,930 ޝަކުވާ ލިބިފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ވަޒީފާއަށް އައްޔަނުކުރުމާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތަކެވެ. އެ ކޮމިޝަނުންވަނީ އޭގެ ތެރެއިން 5,834 ޝަކުވާއަކަށް ޖަވާބުދާރީވެފައެވެ.

-01.jpg&w=3840&q=75)
