logo
MPL

MPL

ޚަބަރު

އެޗްއާރުސީއެމްގެ މެންބަރުކަމަށް ޝަމްއޫން އައްޔަން ކުރަން ފާސްކޮށްފި

އައިޝަތު ނަޝާ
26 އޯގަސްޓު 2026 - 13:14
އެޗްއާރުސީއެމްގެ މެންބަރުކަމަށް ޝަމްއޫން  އައްޔަން ކުރަން ފާސްކޮށްފި

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް ޝަމްއޫން ހަމީދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެޗްއާރްސީއެމްގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މަޤާމުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހަށް ހަމަވާތީ އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސް އޮފީހުން ހުޅުވާލީ މިދިޔަ ޖުލައި މަހުއެވެ. ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވެވީ އެ މުއްދަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ދެ ބޭފުޅުންގެ ނަމެވެ.

މި މަޤާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ ހ. މީނާޒު، ޝަމްއޫން ހަމީދާއި ގދ. ތިނަދޫ، އަސޭގެ އަލްއުސްތާޛާ ސަމާޢު އަހުމަދު ނަޖީބުގެ ނަމެވެ. ސަމާޢު އަކީ މިހާރުވެސް އެޗްއާރުސީއެމްގެ މެންބަރެކެވެ. އޭނާގެ މަޤާމުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހުގެ 3ވަނަ ދުވަހު ހަމަވާނެއެވެ.

ޝަމްއޫން ހަމީދު ވަނީ މީގެ ކުރިން އެޗްއާރުސީއެމްގައި އިސް މަޤާމުތަކެއް ފުރުއްވާފައެވެ. އެކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުވެސް އޭނާ އަދާކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޗްއާރުސީއެމްގެ މެންބަރުކަމަށް ޝަމްއޫން އައްޔަން ކުރަން ފާސްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންމަސްވެރިކަމުގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންސަރުކާރުގެ މަޝްރޫއުތައް ހިންގަން ކައުންސިލްތަކުގެ ބިން ނެގޭ އިސްލާހު ފާސްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންއިންފޯމޭޝަން ކޮމިޝަނަރުކަމަށް އަބްދުލްއަޒީޒު އަށް ރުހުންދީފިޚަބަރު | 2 ގަޑިއިރު ކުރިން