logo
MPL

MPL

ޚަބަރު

ސަރުކާރުގެ މަޝްރޫއުތައް ހިންގަން ކައުންސިލްތަކުގެ ބިން ނެގޭ އިސްލާހު ފާސްކޮށްފި

އައިޝަތު ނަޝާއައިޝަތު ނަޝާ
26 އޯގަސްޓު 2026 - 12:57
ސަރުކާރުގެ މަޝްރޫއުތައް ހިންގަން ކައުންސިލްތަކުގެ ބިން ނެގޭ އިސްލާހު ފާސްކޮށްފި

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ރަށު އަދި ސިޓީ ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ތާއީދާއެކު މި ބިލު ފާސްކުރިއިރު، ބިލާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

 މި ބިލު ފާސްކޮށްފައިވަނީ ލާމަރުކަޒީ ކޮމިޓީން މުހިންމު އިސްލާހުތަކެއް ގެނައުމަށް ފަހުގައެވެ. އެގޮތުން މި ބިލު ފާސްކުރީ، ވަކިކުރާ ބިމުގައި ކައުންސިލުން ނުވަތަ ތިންވަނަ ފަރާތަކުން ގާނޫނީ ހަމަތަކުގެ މަތިން އިންވެސްޓްމަންޓެއް ކޮށްފައިވާނަމަ، ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން އެކަށީގެންވާ ބަދަލެއް ދޭންޖެހޭ ގޮތަށެވެ.

ފާސްކުރި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސަރުކާރުގެ ތަރައްގީގެ މަޝްރޫއަކަށް ކައުންސިލެއްގެ ބިމެއް ނެގުމަށް ނިންމާނީ ވަޒީރުންގެ މަޖިލީހުންނެވެ. އަދި އެ ނިންމުން ކަމާބެހޭ ގައުމީ އިދާރާއިން ކައުންސިލަށް އެންގުމުން، އެ ބިމެއް ދައުލަތުގެ ބާރު ހިނގާ ތަނަކަށް ބަދަލުވެގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިވިލް ސާވިސް މުވައްޒަފުން އައްޔަންކުރުން އޮންލައިން ކުރަނީޚަބަރު | 4 ދުވަސް ކުރިންކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު، ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި ޚަބަރު | 6 ދުވަސް ކުރިންރަސްމާލެ މަޝްރޫއާ ގުޅުވައި ކިތަންމެ ދޮގެއް ފެތުރިޔަސް ރައްޔިތުން ނުހެއްލޭނެ: ފަލާހުޚަބަރު | 11 ދުވަސް ކުރިންގާނޫނާ ހިލާފަށް ހޯދާފައިވާ ހުރިހާ މުދަލެއް ދައުލަތަށް ނަގަންޖެހޭނެ: މެމްބަރު އިބްރާހީމް ދީދީޚަބަރު | 12 ދުވަސް ކުރިން