logo
Bank of Maldives

Bank of Maldives

ޚަބަރު

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް 14 ބޭފުޅަކު ކުރިމަތިލައްވައިފި

އަޙްމަދު ޒަލީފް
12 އޯގަސްޓު 2025 - 11:35
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓު

ހައި ކޯޓުގެ ބެންޗުން ހުސްވެފައިވާ ދެ މަޤާމަށް 14 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

ހައި ކޯޓުގެ ބެންޗުން މި މަޤާމު ހުސްވެފައިވަނީ އެ ކޯޓުގެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަންކުރެވުމާ ގުޅިގެންނެވެ. އެގޮތުން، ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކުރެވުނީ ހުސްނުއްސުޢޫދުގެ އިސްތިއުފާއާ ގުޅިގެން ހުސްވި މަޤާމަށެވެ. އަދި ފަނޑިޔާރު މުހައްމަދު ސަލީމް އައްޔަންކުރެވުނީ މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރާލްދާ ޒާހިރު ވަކިކުރެވުމާ ގުޅިގެން ހުސްވި މަޤާމުތަކުގެ ތެރެއިން އެއް މަޤާމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ ކުރިން މި މަޤާމުތަކަށް ހުޅުވާލި ފުރުސަތުގައި 17 ބޭފުޅަކު ކުރިމަތިލެއްވި ނަމަވެސް، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު އަމިއްލަފުޅަށް ނަން އަނބުރާ ގެންދެވުމާ ގުޅިގެން އަލުން ހުޅުވާލި ފުރުސަތު ހަމަވީ މިއަދަށެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރޭގައި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ވަކީލެއް ކަމުގައިވާ އިބްރާހީމް ނާސިހް އަދި ފެމިލީ ކޯޓުގެ އިސް ޤާޟީ އިބްރާހީމް މާހިރު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން، އެކި ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި ޤާޟީން އަދި ޤާނޫނީ ވަކީލުން ވެސް ވަނީ ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި އުމުރުން 25 އަހަރު ފުރިފައިވުމާއި، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއި، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަމުގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރީކޯ މޫސަގެ ކުންފުނީގެ ތިން ރަށް ވިއްކާލަން ދިން ހުއްދަ ހައި ކޯޓުން ބާތިލްކޮށްފިޚަބަރު | 9 ގަޑިއިރު ކުރިންޖޭއެސްސީގެ ނައިބު ރައީސަކަށް އެ ކޮމިޝަންގެ މެމްބަރު ޔަޒްމީދުޚަބަރު | 9 ގަޑިއިރު ކުރިންފެމިލީ ކޯޓުގެ ޤާޒީގެ މަގާމަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފިޚަބަރު | 3 ދުވަސް ކުރިންއާރަށް ކުއްޔަށް ދިން މައްސަލައިގެ އައު ހެކިތަކާ ގުޅޭ އަޑުއެހުންތައް ނިންމާލައިފިޚަބަރު | 24 ދުވަސް ކުރިން