logo
ޚަބަރު

ދިގު އިންތިޒާރަށް ނިމުން: ޒަކާތު ސްކޮލަރޝިޕަށް ހޮނިހިރު ދުވަހު ހުޅުވާލަނީ

އަޙްމަދު ޒަލީފް
13 އޯގަސްޓު 2025 - 04:55
ދިގު އިންތިޒާރަށް ނިމުން: ޒަކާތު ސްކޮލަރޝިޕަށް ހޮނިހިރު ދުވަހު ހުޅުވާލަނީ

ދިވެހިރާއްޖޭގެ ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ޒަކާތު ސްކޮލަރޝިޕް އޯގަސްޓް މަހުގެ 16 ވާ ހޮނިހިރު ދުވަހު ހަވާލުކުރަން ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް، ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ އޭޕްރިލް މަހުއެވެ. އަދި ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު ހުޅުވާލުމުން 29 އެޕްލިކޭޝަން ލިބިފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ސްކޮލަރޝިޕަށް އެދި ހުށަހެޅި 18 އެޕްލިކޭޝަނާއި، ޚާއްސަ ސްކޮލަރޝިޕަށް އެދި ހުށަހެޅި 11 އެޕްލިކޭޝަން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިއަހަރު ޒަކާތު ސްކޮލަރޝިޕްތައް މިދެވެނީ 7 އަހަރުގެ މެދުކެނޑުމަކަށްފަހުކަމަށެވެ. އަދި މިއީ އިސްލާމީ ދާއިރާތަކުން މިހާ ގިނަ އަދަދަދަކަށް މަތީ ތައުލީމަށް ސްކޮލަރޝިޕް ދެވޭ ފުރަތަމަ ފަހަރުކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ޒަކާތު ފަންޑުން ހުޅުވާލާފައިވަނީ 50 ސްކޮލަރޝިޕް ފުރުޞަތެވެ. މީގެ ތެރެއިން 20 ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖޭގައި ކިޔެވުމަށެވެ. އަނެއް 30 ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖެއިން ބޭރުގައި ކިޔެވުމަށެވެ. އެއީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރަބިއްޔާ، މިސްރުގެ އިތުރުން ސާކް ޤައުމުތަކުގައި ކިޔެވުމަށެވެ. އެގޮތުން މެލޭޝިއާ އާއި ބުރުނާއީގައި ކިޔެވުމަށް 17 ފުރުސަތު ވަނީ ހުޅުވާލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޔޫ މަނިކުގެ ހަޔާތުގެ އެންމެ ފަހުގެ އުންމީދަކީ ވެސް މިސްކިތެއް ބިނާކުރެއްވުންޚަބަރު | 8 ދުވަސް ކުރިންފަޤީރުންނަށް ދޭ މިންވަރު އިތުރުކޮށް، ޒަކާތުގެ ނިޒާމު ބަދަލު ކުރަނީ ޚަބަރު | 14 ދުވަސް ކުރިންބައިނަލްއަޤުވާމީ ދެވަނަ ޒަކާތު މަހާސިންތާ މާދަމާ ބާއްވަނީޚަބަރު | 15 ދުވަސް ކުރިންމުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފިޚަބަރު | 16 ދުވަސް ކުރިން