logo
ޚަބަރު

އެމްޔޫ މަނިކުގެ ހަޔާތުގެ އެންމެ ފަހުގެ އުންމީދަކީ ވެސް މިސްކިތެއް ބިނާކުރެއްވުން

ޢައްފާން މުޙައްމަދު
30 އޯގަސްޓު 2025 - 08:55
ނިޝާން މުލީގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މުޙައްމަދު އުމަރު މަނިކު --
ނިޝާން މުލީގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މުޙައްމަދު އުމަރު މަނިކު --

އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިއަދު އަވަހާރަވި ނިޝާން މުލީގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ، މުޙައްމަދު އުމަރު މަނިކުގެ ހަޔާތްޕުޅުގެ އެންމެފަހު އުއްމީދަކަށް ވެސް ވީ މިސްކިތެއް ބިނާކުރުންކަމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ އަދި ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޗެއާމަން، މުޙައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަވީ އާލާސްކަންފުޅު ބޮޑުވެ، ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ސިންގަޕޫރު ގަޑިން މިއަދު 6:30 ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޔޫ މަނިކު އަވަހާރަވުމާ ގުޅިގެން ވަޒީރު ޝަހީމް ވިދާޅުވީ، އެމްޔޫ މަނިކަކީ ދީނީ އިޖްތިމާޢީ ތައުލީމީ ކަންތައްތަކާއި މީހުން ބިނާކުރެއްވުމަށް ވަރަށް ބޮޑު އަހައްމިއަޔަތުކަމެއް ދެއްވި ބޭފުޅެއް ކަމަށެވެ.

އަދި އެމަނިކުފާނަކީ މިސްކިތްތައް ބިނާކުރެއްވުމާއި މަރާމާތު ކުރެއްވުމަށް އެހީތެރިކަން ދެއްވި ބޭފުޅެއްކަމަށާއި އެމަނިކުފާނު އަވަހާރިވި އާލާސްކަންފުޅާ ގުޅިގެން ސިންގަޕޫރަށް ފުރުއްވުމުގެ ކުރިން ވެސް ހުޅުމާލެ ސަރަހައްދުގައި ބޮޑު މިސްކިތެއް ބިނާކުރެއްވުމަށް ސިޓީއެއް މިނިސްޓްރީ އަށް ފޮނުއްވާފައިވާކަން ވަޒީރު ޝަހީމް ހާމަކުރެއްވިއެވެ.

އެމަނިކުފާނުގެ ހަޔާތުގެ އެންމެ ފަހުގެ އުންމީދަކީ ވެސް މިސްކިތެއް ބިނާކުރެއްވުންކަން ފާހަގަކުރައްވައި ވަޒީރު އިތުރަށް ވިދާޅުވީ، ސިޓީ އެއް ފޮނުއްވުމުގެ އިތުރުން ބޭފުޅަކު ފޮނުއްވައި އެއީ ވަރަށް ބޮޑަށް ބޭނުންފުޅުވާކަމެއްކަމަށާއި ވީ އެންމެ އަވަހަކަށް މިސްކިތް އެޅުމަށް ޖާގައެއް ހަމަ ޖައްސަވައި ދެއްވުމަށް އެމްޔޫ މަނިކު އެދިވަޑައިގެންނެވިކަން ވެސް ވަޒީރު ޝަހީމް ހާމަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި މަސައްކަތަށް މިހާރު ޖާގައެއް ވެސް އެކަމަށް ހުޅުމާލެ ސަރަހައްދުގައި ހަމަޖައްސާފައިވާނެ ކަމަށެވެ.

ވަޒީރު ވަނީ، މާތް ﷲ އެމްޔޫ މަނިކަށސް ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރެއްވުމަށް އެދި ދުޢާ ދަންނަވާފައެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން އެތައް ކުރިއެރުންތަކެއް ހޯދާފައިވާ އަދި އެންމެ މަތީފަންތީގެ ހިދުމަތްދޭ ރިސޯޓުތައް ރާއްޖޭގައި ހިންގާ ޔުނިވަރސަލް އެންޓަރޕްރައިސަސްގެ ޗެއަރމަން މުޙައްމަދު އުމަރު މަނިކު، ނުވަތަ ކޮލިގޭ މުޙައްމަދު އުމަރު މަނިކަކީ، ރާއްޖޭގައި އެންމެފުރަތަމަ ފަތުރުވެރިކަމުގެ މަސައްކަތް ފެށްޓެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. 16 ފެބްރުއަރީ 1972 ގައި ރާއްޖެއަށް ފުރަތަމަ ޓޫރިސްޓް ގްރޫޕް އައުމުން، އެމީހުން ރާއްޖޭގައި ތިބުމުގެ ކަންތައް ހަމަޖެއްސެވިއެވެ. މުސްތަޤްބަލުގައި މިކަން ރާއްޖޭގައި ކުރިއަށް ގެންދެވުމަށްޓަކައި އޭރު އުފެއްދެވި މިއުމަން ޓުއަރިސްޓް އޭޖެންސީއަކީވެސް މުޙައްމަދު ޢުމަރު މަނިކު ބައިވެރިވެވަޑައިގެން 1972 ވަނަ އަހަރު އުފެއްދެވި އޭޖެންސީއެކެވެ.

ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް އެމަނިކުފާނު ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، ސަރުކާރުން ވަނީ 2011 ވަނަ އަހަރު ދިވެހި ދައުލަތުގެ އިއްޒަތުގެ ޝަރަފު އެމަނިކުފާނަށް އަރުވާފައެވެ. މީގެ އިތުރުން 1982 ވަނަ އަހަރު ހިތްވަރު ދިނުމުގެ އިނާމާއި، 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ވެސް އެމަނިކުފާނަށް ލިބިވަޑައިގެންފައިވެއެވެ.

އެމްޔޫ މަނިކް އަވަހާރަވީއިރު އަނބިކަނބަލުންނާއި ދެ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޔޫ މަނިކުގެ ހަޔާތުގެ އެންމެ ފަހުގެ އުންމީދަކީ ވެސް މިސްކިތެއް ބިނާކުރެއްވުންޚަބަރު | 6 ދުވަސް ކުރިންފަޤީރުންނަށް ދޭ މިންވަރު އިތުރުކޮށް، ޒަކާތުގެ ނިޒާމު ބަދަލު ކުރަނީ ޚަބަރު | 13 ދުވަސް ކުރިންސަރުކާރުގެ ތަޞައްވުރަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ޒަކާތުގެ ނިޒާމެއް ޤާއިމްކުރުން: ޝަހީމްޚަބަރު | 19 ދުވަސް ކުރިންދިގު އިންތިޒާރަށް ނިމުން: ޒަކާތު ސްކޮލަރޝިޕަށް ހޮނިހިރު ދުވަހު ހުޅުވާލަނީ ޚަބަރު | 23 ދުވަސް ކުރިން