logo
ޚަބަރު

ފަޤީރުންނަށް ދޭ މިންވަރު އިތުރުކޮށް، ޒަކާތުގެ ނިޒާމު ބަދަލު ކުރަނީ

އަޙްމަދު ޒަލީފް
23 އޯގަސްޓު 2025 - 10:55
މިނިސްޓަރ ޝަހީމް
މިނިސްޓަރ ޝަހީމް

ފަޤީރުންނަށްދޭ މިންވަރު އިތުރުކޮށް، ޟަރޫރީ ބޭނުންތައްވެސް ފުއްދައިދޭގޮތަށް ޒަކާތުގެ ނިޒާމު ބަދަލުކުރުމަށް މަސައްކަތްކުރައްވަމުންދާ ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ މިއަހަރުގެ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާގައި ވާހަކަފުޅުދައްކަވަމުންނެވެ.

"އިދާރީ މެނޭޖްމެންޓާއި ޝަރުޢީ ހަމަތައް ގުޅިލާމެހިފައި ވަނީ ޤާނޫނުގައި. އިންވެސްޓްމެންޓަށް ފުރުޞަތުދީފައިވޭ. މިއީ އެހެން ޤާނޫނެއްގައި ހުރި ސިފަތަކެއް ނޫން. ޝަރުޢީ ކޮމިޓީގެ ވާހަކަ ޤާނޫނުގައި އެބައޮތް. އިންވެސްޓްކުރާނެ ހަމަތަކުގެ ވާހަކަ އެބައޮތް. މި ޤާނޫނު ވާނީ ފުރިހަމަ ތަނަވަސް، އަދި ޒަކާތުގެ ނިޒާމު އައު އުސްމިނަކަށް ގެންގޮސްދޭނެ ޤާނޫނަކަށް. ޒަކާތުގެ ދާއިރާގައި އިސްނަގާ ޤައުމަކަށް ރާއްޖެވުމަށް އަޅުގަނޑުމެން ބޭނުންވަނީ." ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޒަކާތު މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިދިޔަ އަހަރުގެ މަހާސިންތާއިން ލިބުނު ޢިލްމީ ރަޢުޔާއި އިރުޝާދުތަކަށް ބިނާކޮށް، ޒަކާތުގެ ނިޒާމު ބައްޓަންކުރަމުން އަންނަކަމަށެވެ. މިފަހަރުގެ މަހާސިންތާއިންވެސް ނިޒާމު ހަރުދަނާކޮށް، ތަރައްޤީކުރުމަށް މުހިންމު މަޝްވަރާތަކެއްކުރެވި، މަޢުލޫމާތުތަކެއް ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ޒަކާތުގެ ޤާނޫނު އެކުލަވާލީވެސް، ފުރަތަމަ ޒަކާތު މަހާސިންތާއިން ލިބުނު މަޝްވަރާތަކުގެ އަލީގައި ކަމަށެވެ. މިހާރު މަޖިލީހަށް ހުށައަޅާފައި އޮތް ޒަކާތުގެ ބިލަކީ މިހާތަނަށް ހޯދުނު އެންމެ ފަހުގެ މަޢުލޫމާތުތަކާއި ކުރެވުނު ތަޖުރިބާތަކުގެ އަލީގައި އެކުލަވާލާފައިވާ ބިލެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދުނިޔޭގެ އެހެން ޤައުމުތަކުން އެކުލަވާލާފައިވާ ޒަކާތުގެ ޤާނޫނުތަކުގައި ނެތް ބައެއް ބައިބައި، ރާއްޖޭގެ ޒަކާތުގެ ޤާނޫނުގައި ހިމެނޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ މިހާރު ފަށާފައިވާއިރު، މިއަހަރުގެ ޝިޢާރަކީ އިޖުތިމާޢީ އަދާލަތާއި ސުމޭކީ ޝާމިލުކަން ޤާއިމުކުރުމުގައި ޒަކާތުގެ ދައުރާއި ޒަމާނީ ވަޞީލަތްތަކާއެކު އިޖުތިމާޢީ ރައްކާތެރިކަން ކުރިއެރުވުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޔޫ މަނިކުގެ ހަޔާތުގެ އެންމެ ފަހުގެ އުންމީދަކީ ވެސް މިސްކިތެއް ބިނާކުރެއްވުންޚަބަރު | 6 ދުވަސް ކުރިންފަޤީރުންނަށް ދޭ މިންވަރު އިތުރުކޮށް، ޒަކާތުގެ ނިޒާމު ބަދަލު ކުރަނީ ޚަބަރު | 13 ދުވަސް ކުރިންސަރުކާރުގެ ތަޞައްވުރަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ޒަކާތުގެ ނިޒާމެއް ޤާއިމްކުރުން: ޝަހީމްޚަބަރު | 20 ދުވަސް ކުރިންދިގު އިންތިޒާރަށް ނިމުން: ޒަކާތު ސްކޮލަރޝިޕަށް ހޮނިހިރު ދުވަހު ހުޅުވާލަނީ ޚަބަރު | 23 ދުވަސް ކުރިން