logo
ޚަބަރު

މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފި

އާމިނަތު ޝަފާ
22 އޯގަސްޓު 2025 - 06:19
މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފި

ފައިސާއިން މުދަލުޒަކާތް ނެރުން ވާޖިބުވާ ނިސާބަށް އިސްލާމިކް މިނިސްޓްރީން ބަދަލުގެނެސްފިއެވެ.

ޒަކާތު ހައުސްއިން އާއްމުކޮށްފައިވާ މައުލުމާތުގައި ވާގޮތުން މިމަހުގެ 21 އިން ފެށިގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، ރިހީގެ ގްރާމަކަށް 18.81 (އަށާރަ ރުފިޔާ އައްޑިހަ އެއް ލާރީ) ގެ ރޭޓުން 595 ގްރާމަށްވާ 11,191.95(އެގާރަ ހާސް އެއް ސަތޭކަ ނުވަދި އެއް ރުފިޔާ ނުވަދިހަ ފަސް ލާރި) ކަމަށެވެ. މީގެކުރިން މިދިޔަ އޭޕްރީލް މަހު މުދަލު ޒަކާތުގެ ނިސާބު ހުރީ 9264.15 (ނަވަ ހާސް ދުއިސައްތަ ފަސްދޮޅަށް ހަތަރު ރުފިޔާ ފަނަރަ ލާރީ)ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުދަލު ޒަކާތަކީ ދީނުގެ ރުކުނެއްކަމުގައިވީއިރު އެމީހެއްގެ މިލްކިއްޔާތުގައި ނިސާބުހަމަވާ މިންވަރަށް ފައިސާހުރެ އެ ފައިސާ ހުންނަތާ ހިޖުރީ އަހަރުން 1 އަހަރުވުމުން ޝަރުއީ ހަމަތަކާއި އެއްގޮތަށް އޭގެ ސާޅީސް ބައިކުޅަ އެއްބައި ޒަކާތުގެ ގޮތުގައި ނެރެންޖެެހެއެވެ.

ރާއްޖޭގައި ނިސާބު ބަލަނީ ރިހިންނެވެ. ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކް - އެމްއެމްއޭއިންނެވެ.

މުދަލު ޒަކާތް ބަހަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ފަގީރުންގެ މެދުގައެވެ.

ޒަކާތަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ތިންވަނަ ރުކުނެވެ. އެއީ ތަނަވަސްކަމާއި މުއްސަދިކަމުގެ އަހުލުވެރީންގެ ކިބައިން ފަޤީރުންނަށާއި، ނިކަމެތީންނަށް ލިބިދޭ ދީނީ ހައްގެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބައިނަލްއަޤުވާމީ ދެވަނަ ޒަކާތު މަހާސިންތާ މާދަމާ ބާއްވަނީޚަބަރު | 16 ދުވަސް ކުރިންމުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފިޚަބަރު | 16 ދުވަސް ކުރިންދިގު އިންތިޒާރަށް ނިމުން: ޒަކާތު ސްކޮލަރޝިޕަށް ހޮނިހިރު ދުވަހު ހުޅުވާލަނީ ޚަބަރު | 25 ދުވަސް ކުރިންދަތި ހާލުގައި އުޅޭ ގައިދީންގެ އާއިލާތަކަށް އެހީވަނީ ޚަބަރު | 2 މަސް ކުރިން