logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބާސާ އޯކޭ، ވިލަރެއާލް އޯކޭ ނަމަވެސް ރެއާލް އޯކޭ އެއް ނޫން. މަޔާމީގައި މެޗު ކުޅެން ނިންމުމާއެކު ޕެރޭޒް ރަތަށް

އަބްދުﷲ ޣާނިމް
13 އޯގަސްޓު 2025 - 05:45
ރެއާލް ގެ ރައީސް ޕެރޭޒް
ރެއާލް ގެ ރައީސް ޕެރޭޒް

ލަ ލީގާގެ މެޗެއް ސްޕެއިނުން ބޭރުގައި ކުޅުމަށް ހުށަހެޅި ހުށަހެޅުމަށް ރިއަލް މެޑްރިޑުން ވަނީ ހަރުކަށި އިބާރާތުން ދެކޮޅު ހަދައިފިއެވެ. މިއީ ބާސެލޯނާ އާއި ވިލަރިއާލްގެ މެޗު އެމެރިކާގެ މައިއާމީގައި ކުޅުމަށް ލަ ލީގާއިން ހުށަހެޅި ހުށަހެޅުމެކެވެ. މިއަހަރުގެ ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހު ވިލަރެއާލްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އަވޭ މެޗު، މަޔާމީ އަށް ބަދަލުކުރުމުން މިމެޗުން އެކަނިވެސް ބާސެލޯނާއަށް 5 މިލިޔަން ޔޫރޯ ލިބޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.

މިކަމާ ދެކޮޅަށް ރޭގައި ރެއާލް މެޑްރިޑުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިފަދަ ހުށަހެޅުމެއް ހުށަހެޅުމުގެ ކުރިން އެހެން ކުލަބުތަކާ މަޝްވަރާ ނުކުރާކަމަށެވެ. އަދި މިއީ ލަލީގާގެ އަސާސީ އޮނިގަނޑާ ޚިލާފު ކަމެއް ކަމަށާއި، އަދި ހޯމް އަވޭ މެޗު ކުޅެންޖެހޭ އުސޫލާ ޚިލާފު ކަމެއްކަމަށެވެ. ރެއާލްގެ ރައީސް ޕެރޭޒް ޤަބޫލުކުރަނީ ލަލީގާގެ މި ނިންމުމަކީ ވަކިބަޔަކަށް ފައިދާތަކެއް ހޯދައިދިނުމަށް ލަލީގާގެ ރައީސް ޓެބާސް ރާވައިގެން ހިންގާ ޢަމަލެއްގެ ގޮތުގައެވެ. ވެ.

Ad by Hajj Corporation

Ad by Hajj Corporation

"މި ނިންމުމަކީ... ވާދަވެރި ހަމަހަމަކަން ގެއްލޭ ކަމެއް. އަދި ހުށަހެޅި ކުލަބުތަކަށް ނުހައްގު ކުޅިވަރުގެ ފައިދާއެއް ލިބިދޭ ކަމެއް،" ރިއަލް މެޑްރިޑްގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ ކުރިންވެސް، 2018 ވަނަ އަހަރު، ޖިރޯނާ އާއި ބާސެލޯނާގެ މެޗު މައިއާމީގައި ކުޅުމަށް ރޭވި ރޭވުން ވަނީ ކުޅުންތެރިންނާއި، ކުލަބުތަކާއި، ފީފާ އަދި ޔުއެފާގެ އިދިކޮޅު ހެދުމާއެކު ހުއްޓިފައެވެ. ފީފާ އަދި ޔުއެފާއިން ދެކޭ ގޮތުގައި ޤައުމީ ލީގުތަކުގެ މެޗުތައް ކުޅެންވާނީ އެ ޤައުމެއްގެ ތެރޭގައެވެ.

ރިއަލް މެޑްރިޑުން މިހާރު ވަނީ ތިން ފަރާތަކަށް މައްސަލަ ހުށަހަޅާފައެވެ. އެގޮތުން ފީފާއަށް ހުށަހަޅާފައިވަނީ ހުރިހާ ކުލަބުތަކުގެ އެއްބަސްވުމެއް ނެތި މެޗު ކުޅުމުގެ ހުއްދަ ނުދިނުމަށެވެ. ޔުއެފާގައި އެދިފައިވަނީ ސްޕެނިޝް ފުޓުބޯޅަ އެސޯސިއޭޝަނަށް ބާރު ފޯރުވައި މި ހުށަހެޅުން ހުއްޓުވުމަށެވެ. އަދި ސްޕެއިންގެ ހަޔަރ ސްޕޯޓްސް ކައުންސިލްގައި އެދިފައިވަނީ ހުރިހާ ކުލަބުތަކުގެ ރުހުން ނެތި އިދާރީ ހުއްދަ ނުދިނުމަށެވެ.

ރެއާލް ގެ މިނިންމުމާއި ދެކޮޅަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިމެޗު އެމެރިކާގައި ކުޅުމަށް ބާސާ އާއި ވިލަރެއާލް އަދި ލަލީގާވެސް އޯކޭވެފައި ވަނިކޮށް، ރެއާލް އިން އޯކޭ ނުދިނުމަކީ މެޗު ހުއްޓުވަން ޖެހޭ ހުއްޖަތެއް ނޫންކަމަށެވެ.

މިދިޔަ ހަފްތާގައި ރެއާލްގެ ލަލީގާގެ ފުރަތަމަ މެޗު ފަސްކޮށްދިނުމަށް އެދުމުންވެސް ޓެބާސް ވަނީ އެކަމާއި ދެކޮޅުހަދާފައެވެ. މިކަންކަމާހުރެ ރެއާލްގެ ރައީޒް ޕެރޭޒް މިހާރު ހުރީ ރުޅިގަދަވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެއާލް މެޑްރިޑްގެ އާމްދަނީ 1.248 ބިލިއަން ޔޫރޯއަށް، މިއީ ކުޅިވަރުގެ ތާރީޚުގައި ވެސް އެންމެ ބޮޑު އަދަދެއްކުޅިވަރު | 40 މިނިޓު ކުރިންޔޫރަޕުގެ އެންމެ ފުރިހަމަ އެއްދަނޑުކަމަށްވާ ކޭމްޕް ނޫ 894 ދުވަސްފަހުން ހުޅުވައިފިކުޅިވަރު | ގަޑިއިރެއް ކުރިންބާސެލޯނާ ހުތުރު ބައްޔަކުން ސަލާމަތްވެއްޖެކުޅިވަރު | ދުވަހެއް ކުރިންއެމްބާއްޕޭ ގޯލްޑަން ބޫޓު ދައްކާލި މެޗުގައި ދެގޯލާއެކު ރެއާލް އަތުފަތު ނުޖެހި ކުރިޔަށްކުޅިވަރު | 5 ދުވަސް ކުރިން