logo
ޚަބަރު

ފަތުރުވެރިކަމުގެ އެއްބަސްވުން އުވާލައި, މާމާޑުއްވަރި ހިތާދޫ ކައުންސިލާ ހަވާލުކުރަން ރައީސް ނިންމަވައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
13 އޯގަސްޓު 2025 - 06:51
ރައީސް ބ. ހިތާދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ސަލާމު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ރައީސް ބ. ހިތާދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ސަލާމު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ބ. ހިތާދޫ އާ އިންވެގެން އޮންނަ ބ. މާމަޑުއްވަރީ، ހިތާދޫ ކައުންސިލާ ހަވާލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްުޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ހިތާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތާރީޚީ ގޮތުން ބަލާއިރު، މާމަޑުއްވަރީ އަކީ ހިތާދޫގެ ރައްޔިތުންގެ ވަރަށް ބޮޑު ހިއްސާއެއް އޮތް ރަށެއް ކަމަށާއި، މިހާރު އެ ރަށް ފަތުރުވެރިކަމަށް ޚާއްސަ އެއްބަސްވުމެއްގެ ދަށުން ބަޔަކާ ހަވާލުކުރި ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް އެ މަސައްކަތްތައް ނުހިނގާ ކަމަށެވެ.

Hajj Corpooration

އެގޮތުން އެ ރަށަކީ ހިތާދޫގެ ރައްޔިތުންގެ ފަން ހޯދުން ފަދަ އިގްތިސާދީ އެކި ކަންކަމަށާއި ދަތުރު ދިޔުމަށް ބޭނުންކުރި ރަށެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ތާރީޚީ ގޮތުން ބަލާއިރު މީގެ ކުރީގެ ޒަމާނެއްގައި މި ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ހިއްސާއެއް އޮތް ރަށެއް މާމަޑުއްވަރީއަކީ. މިހާރު ޓޫރިޒަމް އެގްރީމެންޓެއްގެ ތެރެއިން ބަޔަކާ ހަވާލުކޮށްފައި އޮންނަތާ ދުވަސްކޮޅެއް ވެފައިވާ އެހެން ނަމަވެސް އެ އެގްރީމެންޓާ އެއްގޮތަށް މަސައްކަތްތައް ނުހިނގާ ރަށެއްގެ ގޮތުގައި ޓޫރިޒަމް މިނިސްޓަރު އަޅުގަނޑަށް މަޢުލޫމާތު ދެއްވަނީ. ރަށުގެ ރައްޔިތުން ކުރީގައި ވަރަށް ބޭނުންތެރި ގޮތެއްގައި ބޭނުންކުރަމުން އައި ރަށެއް. ފަނުގެ ކަންކަމާއި އަދި ދަތުރު ދިއުމާއި އިގްތިސޯދީ މަސައްކަތް ކުރުމާ ހުރިހާ ކަމަކަށް ފައިދާ ބޮޑު ރަށެއް، - ރައީސުލްޖުމްހޫރިއްުޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށާއި، ރައްޔިތުންނާ ބައްދަލުކުރަނީ އެ ކަންކަން ގާތުން އަޑުއަހަން ކަމަށެވެ. އެހެންކަމުން މާމަޑުއްވަރީގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ބަޔަކާއެކު ވެފައިވާ އެއްބަސްވުން އުސޫލުގެ ތެރެއިން ނިންމައި، މާމަޑުއްވަރި ހިތާދޫއާ ވަރަށް އަވަހަށް ހަވާލުކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަކީ މި ސަރުކާރުގެ ސިޔާސަތަކީ. އަޅުގަނޑު ރައްޔިތުންނާ ބައްދަލުކުރަނީ ރައްޔިތުންގެ ކަންކަން ގާތުން އަޑުއަހަން. ރައްޔިތުން ބޭނުންވާ ގޮތަށް ސަރުކާރު ހިނގަން. މި ސަރުކާރަކީ ރައްޔިތުންގެ ފަޅީގައި އަބަދުވެސް އޮންނާނެ ސަރުކާރެއްކަން އަޅުގަނޑު އަބަދުވެސް ދަންނަވަން. ރައްޔިތުންނަށް ބޭނުންވާ ކަންކަމަށް ވުރެ މުހިންމު ކަމެއް ނޯންނާނެ އަޅުގަނޑަކަށް އަދި މި ސަރުކާރަކަށް. އެހެންވީމާ، މި ދެންނެވި އެގްރިމެންޓު ގާނޫނާ ގަވައިދުގެ ތެރެއިން، އޮންނަ އުސޫލުގެ ތެރެއިން ނިމުމަމަށް ގެނެސް މާމަޑުއްވަރީ ހިތާދުއާ ހަވާލުކުރުމަށް އަޅުގަނޑު ނިންމާ ވާހަކަ ދަންނަވަން، - ރައީސުލްޖުމްހޫރިއްުޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ އެ ރަށުގެ ބޭނުން ހިފައި، ހިތާދޫ އާންމު ފަރުދުމްހެ މުއްސަނދިކަން އިތުރުވުމަކީ އެމަނިކުފާނުގެ އެދުމެއް ކަމަށެވެ. އެހެންކަމުން އެފަދައިން އެރަށުގެ ބޭނުން ހިފުމަށް އެރަށުގެ ރައްޔިތުންގެ ކިބައިން ރައީސް ވަނީ އެދިވަޑައިގަންނަވައިފައެވެ.

ބ. މާމަޑުއްވަރީއަކީ  ކޯސްޓް ލައިން އިންވެސްޓްމެންޓް ކިޔާ ކުންފުންޏަކަށް ރިސޯޓެއްގެ ގޮތުގައި އެރަށް ތަރައްގީކުރުމަށް ހަވާލުކޮށްފައިވާ ރަށެކެވެ. ރިސޯޓެއްގެ ގޮތުގައި އެ ރަށް ތަރައްގީކުރުމަށް ބަޔަކާ ހަވާލުކުރުގެ ކުރިން، ދަނޑުވެރިކަމުގެ މަސައްކަތް ކުރަން މާމަޑުއްވަރީ އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކަށް ސަރުކާރުން ހަވާލުކޮށްފައިވެއެވެ.

އެހެން ނަމަވެސް އެ މަސައްކަތްކުރުމަށް ހަވާލުވި މާމަޑުއްވަރީ އިންވެސްޓްމަންޓުން ވެސް ސަރުކާރަށް ބިމުގެ ކުލި ނުދެއްކުމުން އެ މައްސަލަ 2012 ވަނަ އަހަރު ސިވިލް ކޯޓަށް ވެސް ހުށަހެޅިއެވެ.

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބާގައި ރައީސްގެ ތަހުނިޔާޚަބަރު | 4 ގަޑިއިރު ކުރިންރައްޔިތުން ބާރުވެރިކުރުވުމަށް ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙު ރައީސް ތަސްދީޤުކުރައްވައިފިޚަބަރު | 13 ގަޑިއިރު ކުރިންމުޅި ބ. އަތޮޅަށް އޭޓީއެމްގެ ހިދުމަތް: ބީއެމްއެލްގެ ޝުކުރު ރައީސަށް ޚަބަރު | 15 ގަޑިއިރު ކުރިންޑުރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ނުދޭން ބޭރުގެ 9 ޖަމިއްޔާއަކުން ގޮވާލައިފިޚަބަރު | 16 ގަޑިއިރު ކުރިން