logo
ޚަބަރު

ޑުރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ނުދޭން ބޭރުގެ 9 ޖަމިއްޔާއަކުން ގޮވާލައިފި

އާމިނަތު ޝަފާ
14 އޯގަސްޓު 2025 - 15:51
ޑުރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ނުދޭން ބޭރުގެ 9 ޖަމިއްޔާއަކުން ގޮވާލައިފި

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ނުދޭން ބޭރުގެ 9 ޖަމިއްޔާއަކުން ގޮވާލައިފިއެވެ.

ބަޔާނުގައި ސޮއިކޮށްފައިވާ ޖަމިއްޔާތަކަކީ އެޑްވޮކޭޓްސް ފޯ ހިއުމަން ރައިޓްސްއާއި އެމްނެސްޓީ އިންޓަނޭޝަނަލްއާއި އެންޓި ޑެތު ޕެނަލްޓީ އޭޝިއާ ނެޓްވޯކްއާއި ކެޕިޓަލް ޕަނިޝްމެންޓް ޖަސްޓިސް ޕްރޮޖެކްޓްއާއި ހާމް ރިޑަކްޝަން އިންޓަނޭޝަނަލްއާއި ހިއުމަން ރައިޓްސް ވޮޗްއާއި އިންޓަނޭޝަނަލް ފެޑެރޭޝަން ފޯ ހިއުމަން ރައިޓްސްއާއި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްއާއި ވޯލްޑް ކޯލިޝަން އެގެންސްޓް ދަ ޑެތު ޕެނަލްޓީއެވެ.

Hajj Corpooration

މަރުގެ އަދަނު ދިނުމާ ދެކޮޅުކަމަށް ބުނެ އެ ޖަމިއްޔާތަކުން ވަނީ އެއީ އިންސާނީ ހައްގުތަކާ ޚިލާފު ކަމެއް ކަމަށާއި އެއީ މިހާރު އެ އަދަބު ތަންފީޒުކުރަމުން އަންނަ ގައުމުތަކުން ވެސް އުވާލަމުން އަންނަ އަދަބެއް ކަމަށް ބުނެފައެވެ.

ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ކަނޑައަޅައިފައި އޮތް އޮތުން އެއްކޮށް އުވާލައި މިހާރު މަރުގެ އަދަބު ދޭން ހުކުމްކޮށްފައިވާ މީހުންގެ ހުކުމް ލުއިކުރުމަށްވެސް ބަޔާނުގައިވަނީ ގޮވާލާފައެވެ.

މަރުގެ އަދަބު ދިނުމަކީ ކުށް ކުރުން ހުއްޓުވުމުގެ ފިޔަވަޅެއްކަން ކަށަވަރުކޮށްދޭ އެއްވެސް ހެއްކެއް ނެތް ކަމަށްބުނެ މަރުގެ އަދަބު ދިނުމަށް ސަރުކާރާއި މަޖިލީހުން ވެސް ކުރަމުން އަންނަ މަސައްކަތް ހުއްޓާލުމަށް އެ ޖަމިއްޔާތަކުންވަނީ ގޮވާލާފައެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާއަށް ދާން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ ޖުލައިމަހުގެ ފަހުކޮޅުގައެވެ.

މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމައު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމަށް ވިދާޅުވެ މަޖިލީހަށް ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ގާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް މިހާރު ދަންނަވާފައި ވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މަސްތުވާތަކެތީގެ ޤާނޫނުގައިވާ ގޮތުން، މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ އަދަބަކީ 10 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން އުމުރަށް ޖަލަށްލުމެވެ.

މަސްތުވާތަކެތި ޕެޑްލްކުރާ މީހުންގެ އަދަބަކީ ފަސް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލައި 10،000ރުފިޔާ އާއި ދޮޅުލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި މަސްތުވާތަކެތިން މުއާމަލާތުކުރާ މީހުންގެ އަދަބަކީ 15 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލައި، 25،000ރުފިޔާ އާއި ބައިމިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

މިހާރުވެސް ދުނިޔޭގެ ބައެއް ގައުމުތަކުގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ އަދަބު ތަންފީޒުކުރެއެވެ.

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބާގައި ރައީސްގެ ތަހުނިޔާޚަބަރު | 5 ގަޑިއިރު ކުރިންރައްޔިތުން ބާރުވެރިކުރުވުމަށް ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙު ރައީސް ތަސްދީޤުކުރައްވައިފިޚަބަރު | 14 ގަޑިއިރު ކުރިންމުޅި ބ. އަތޮޅަށް އޭޓީއެމްގެ ހިދުމަތް: ބީއެމްއެލްގެ ޝުކުރު ރައީސަށް ޚަބަރު | 16 ގަޑިއިރު ކުރިންޑުރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ނުދޭން ބޭރުގެ 9 ޖަމިއްޔާއަކުން ގޮވާލައިފިޚަބަރު | 18 ގަޑިއިރު ކުރިން