logo
ޚަބަރު

ކިހާދޫއަށް ވި ވައުދުތައް ފުއްދަވައިދޭނެން: ރައީސް

އައިމިނަތު މޫސާ
13 އޯގަސްޓު 2025 - 09:49
ކިހާދޫއަށް ވި ވައުދުތައް ފުއްދަވައިދޭނެން: ރައީސް

ބ. ކިހާދޫއަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވައިދެއްވާނެ ކަމުގެ ޔަޤީކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ބ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ކިހާދޫގައި ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ފަހިދިރިއުޅުން ކޯފަރޭޝަން އަށެވެ.

Hajj Corpooration

ރައީސް ވިދާޅުވީ ކިހާދޫގައި މިއަދު ބިންގާ އެޅުނު މަލްޓިޕާޕޯސް ހޯލާއި ސްކޫލް ރޫމްގެ މަޝްރޫއުގައި ސައިންސް ލެބެއް ވެސް ހިމެނޭނެ ކަމަށެވެ. އަދި އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވެވަޑައިގަތް ވައުދު ފުދެއްވުމަށްޓަކައި ސްކޫލުގެ ތަރައްގީއާއި ސްކޫލުގައި ކިޔަވައިދިނުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރަށުގެ ބެލެނިވެރިންނާ ކިޔަވާ ކުދިންނާއި ޓީޗަރުންނަށް ސްކޫލުގެ ވެރިން ބޭނުންވާ ފަދަ ގޮތަކަށް ސްކޫލް ތަރައްގީ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު ފާހަގަ ކުރަން މި ރަށަކީ ތައުލީމަށް ވަރަށް ލޯބި ކުރާ ދިރިއުޅޭ ރަށެއް. ރަށުގެ ސްކޫލްގެ ބެލެނިވެރިންނަކީ ވެސް ސްކޫލަށް ވަރަށް ބޮޑަށް ވަރަށްހިދުމަތް ކުރާ ވަރަށް ގުޅިގެން ވަރަށް ލާމަސީލު ގޮތެއްގައި ތައުލީމީ ކަންކަމަށް އިސްކަންދޭ ރަށެއް، - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

މީގެ އިތުރުން ކިހާދޫގައި ގާއިމުކުރި އޭޓީއެމްގެ ހިދުމަތް ރައީސް މުއިއްޒު ވަނީ ފައްޓަވައިދެއްވާފައެވެ.

މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމްކުރުމަށް ފައްޓަވާފައިވާ މަޝްރޫއުގެ ދަށުން މިއަހަރު އޭޓީއެމް ގާއިމްކުރި 45 ވަނަ ރަށެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މިހިދުމަތް ފައްޓަވާދެއްވުމަށްފަހު ރައީސް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. ކިހާދޫގައި ގާއިމްކުރި އޭޓީއެމްގެ ހިދުމަތް ފެއްޓެވުމަށްފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާވަނީ ހަވާލުކުރައްވާފައެވެ.

އަދި މިއަދު ވަނީ ކިހާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުމުގެ ރަސްމިއްޔާތު ވެސް ބާއްވާފައެވެ.

 

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބާގައި ރައީސްގެ ތަހުނިޔާޚަބަރު | 2 ގަޑިއިރު ކުރިންރައްޔިތުން ބާރުވެރިކުރުވުމަށް ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙު ރައީސް ތަސްދީޤުކުރައްވައިފިޚަބަރު | 12 ގަޑިއިރު ކުރިންމުޅި ބ. އަތޮޅަށް އޭޓީއެމްގެ ހިދުމަތް: ބީއެމްއެލްގެ ޝުކުރު ރައީސަށް ޚަބަރު | 14 ގަޑިއިރު ކުރިންޑުރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ނުދޭން ބޭރުގެ 9 ޖަމިއްޔާއަކުން ގޮވާލައިފިޚަބަރު | 15 ގަޑިއިރު ކުރިން