ދަރަވަންދޫގައި ޑަޔަލަސިސްގެ ހިދުމަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ
13 އޯގަސްޓު 2025 - 16:33

ބ. ދަރަވަންދޫގައި ޑަޔާލަސިސްގެ ހިދުމަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއިި މެޝިނަރީ ވެސް ވަރަށް އަވަހަށް ގެނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ބ. އަތޮޅުގެ ރަށްތަކަށް ކުރަމުން ގެންދާ ދަތުރުފުޅުގައި އެއަތޮޅު ދަރަވަންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަދި މީގެ އިތުރުން އެކްސްރޭ އަދި އެހެނިހެން ހިދުމަތްތައް މި އަހަރު ތެރޭގައި ވީ އެންމެ އަވަހަކަށް މި ރަށުގައި ޤާއިމުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭގެ އިތުރުން އިންސާނީ ވަސީލަތްތައް އިތުރުކުރަން ވަރަށް އިސްކަންދީގެން މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރަށުގައި މިހާރު ހުރި ސިއްހީ މަރުކަޒުގެ ފެންވަރު މަތިކޮށް އިތުރު އެންދުތަކާއި އިތުރު ވަސީލަތްތައް ހިމެނޭ ގޮތައް މި އަންނަ އަހަރުގެ ބަޖެޓްގަ ހިމަނައިގެން އެ ރަށުގައި 30 އެނދުގެ ސިއްހީ ހޮސްޕިޓަލްއެއް އަޅާދޭން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ޞިއްޙީ ޚިދުމަތް ހޯދަން، ރާއްޖެއިން ބޭރަށް ދިވެހި ރައްޔިތުން ދާންޖެހޭ މައްސަލައަށް ހައްލުހޯދައި، އެކަން ނިމުމަކަށް ގެނައުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ހާސިލުކުރުމަން އަމާޒުހިފާފައިވާ ލަނޑުދަނޑިއެކެވެ.
މިގޮތުން މިހާރުވެސް، ޞިއްޙީ ދާއިރާގެ 400 މިލިއަން ރުފިޔާއަށްވުރެ ގިނަ، މަޝްރޫޢު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހިންގަމުންނެވެ.