logo
ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އިހުސާސް ކުރެހުމުގެ މަޢުރަޒު ބައްލަވާލައްވައިފި

އާމިނަތު ޝަފާ
14 އޯގަސްޓު 2025 - 13:01
ރައީސުލްޖުމްހޫރިއްޔާ އިހުސާސް ކުރެހުމުގެ މަޢުރަޒު ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު "އިހުސާސް" ކުރެހުމުގެ މަޢުރަޒު ބައްލަވާލައްވައިފިއެވެ.

ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދާ މި މަޢުރަޒަކީ، ރާއްޖޭގެ ހުނަރުވެރި ފަންނުވެރިއެއް ކަމަށްވާ އަބްދުالله ފާއިޒް، ދިވެހިރާއްޖޭގެ އާސާރީ ތަންތަނާއި، އެހާރާއި މިހާރުގެ ދިރިއުޅުން ދައްކުވައިދޭ ކުރެއްހުންތައް ދައްކާލުމަށް ކުރިއަށް ގެންދާ މަޢުރަޒެކެވެ. ރާއްޖޭގެ އިތުރުން ރާއްޖެއާއިި އަވަށްޓެރި ބައެއް ގައުމުތަކުގެ ކުރެހުންތައް ވެސް މަޢުރަޒުގައި ހިމެނެއެވެ.

Hajj Corpooration

ރައީސުލްޖުމްހޫރިއްޔާ ވަނީ މަޢުރަޒުގެ ކުރެހުންތައް ބައްލަވާލައްވައި މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

މި އޮގަސްޓް މަހުގެ 6 އިން 16 އަށް ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްގެންދާ މި މަޢުރަޒުގައި ފަންސާސް ކުރެހުން ވަނީ ދައްކާލާފައެވެ.

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބާގައި ރައީސްގެ ތަހުނިޔާޚަބަރު | 5 ގަޑިއިރު ކުރިންރައްޔިތުން ބާރުވެރިކުރުވުމަށް ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙު ރައީސް ތަސްދީޤުކުރައްވައިފިޚަބަރު | 15 ގަޑިއިރު ކުރިންމުޅި ބ. އަތޮޅަށް އޭޓީއެމްގެ ހިދުމަތް: ބީއެމްއެލްގެ ޝުކުރު ރައީސަށް ޚަބަރު | 17 ގަޑިއިރު ކުރިންޑުރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ނުދޭން ބޭރުގެ 9 ޖަމިއްޔާއަކުން ގޮވާލައިފިޚަބަރު | 18 ގަޑިއިރު ކުރިން