logo
ޚަބަރު

އިމާރާތެއްގެ ބައެއްވެއްޓި 4 އުޅަނދަކަށް ގެއްލުންވެއްޖެ

ނުހާ އަޙްމަދު
16 އޯގަސްޓު 2025 - 12:30
ސަން ފޮޓޯ/ މާނިއު މުހައްމަދު
ސަން ފޮޓޯ/ މާނިއު މުހައްމަދު

މާލޭގެ ބުރު ޕާކު ކައިރީގައި ހުންނަ, ކުރީގެ އެޑިއުކޭޝަނަލް ޑިވެެލޮޕްމެންޓް ސެންޓަރ އިމާރާތުގެ ކޮންކުރީޓް ބައިތަކެއް ވެއްޓި ހަތަރު އުޅަނދަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ފުލުހުން ބުނީ، އެޑިއުކޭޝަނަލް ޑިވެެލޮޕްމެންޓް ސެންޓަ ކުރިން ހިންގި އިމާރާތުގެ ބައިތަކެއް ވެއްޓިފައިވާކަމުގެ ރިޕޯޓު މިއަދު މެންދުރު 13:00 އެހާކަންހާ އިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިމާރާތުގެ ބައިތަކެއް ވެއްޓުމާއި ގުޅިގެން ޖެހިގެންހުރި އިމާރާތަށާއި ޕާކުކޮށްފައި ހުރި 2 ސައިކަލާއި 2 ކާރަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ، މި ހާދިސާގެ މައުލޫމާތު ކަމާގުޅުންހުރި އިދާރާތަކާ ހިއްސާކޮށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޭންގު ކުށްތަކުގެ ގާނޫނަށް ފުލުހުން ވަނީ ތައްޔާރުވެފަ: ޖަމްޝީދްޚަބަރު | 12 ދުވަސް ކުރިންޗައިނާ މީހުންނަށް އަމާޒުކޮށް ސްކޭމްއެއް ހިންގަނީ، 2.9 މިލިއަން ރުފިޔާ ގެއްލިއްޖެޚަބަރު | 15 ދުވަސް ކުރިންއިމާރާތެއްގެ ބައެއްވެއްޓި 4 އުޅަނދަކަށް ގެއްލުންވެއްޖެޚަބަރު | 18 ދުވަސް ކުރިންޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުންގެ މައްޗަށް ދައުވާކުރުމާ މެދު ޕީޖީއާ އެކު މަޝްވަރާކުރަނީޚަބަރު | 25 ދުވަސް ކުރިން