logo
Bank of Maldives

Bank of Maldives

ޚަބަރު

ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުންގެ މައްޗަށް ދައުވާކުރުމާ މެދު ޕީޖީއާ އެކު މަޝްވަރާކުރަނީ

ޝަހްޒާ މުހައްމަދު
9 އޯގަސްޓު 2025 - 13:19
އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ޒަކިއްޔާ
އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ޒަކިއްޔާ

ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރާ ގުޅޭ ތަހުގީގުގައި ފުލުހުން އިހުމާލު ވެފައިވާ ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިއިސީ) އިން ގަބޫލު ކުރާތީ ފުލުހުންގެ މައްޗަށް ދައުވާކުރުމާ މެދު ޕީޖީއާ އެކު މަޝްވަރާކުރަން ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް "މެންދުރުޓީވީ"އަށް މައުލޫމާތުދެއްވި ގޮތުގައި ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތުގެ ކަންކަން އެންއައިސީން ބެލުމަށްފަހު ވަނީ ތުހުމަތުތަކެއްކޮށްފައެވެ. އަދި އެ މައްސަލަ މިހާރު އޮތީ ޑިއުޓީ ޕްރޮސެކިއުޝަން ނުވަތަ ދައުވާކުރުމާ މެދު ގޮތެއް ނިންމުމުގެ މަރުހަލާގައި ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕީޖީ އޮފީހުން ބުނި ގޮތުގައި، ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުގައި އެންއައިސީ އިން ކުރާ ތުހުމަތުތަކުގެ ތެރޭގައި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ ގޮތަކަށް އަމަލު ކުރުމާއި، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމާއި، ދައުލަތުގެ މުއައްސަސާތަކަށް ހުރަސްއެޅުން އަދި ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުން ހިމެނެއެވެ.

އެންއައިސީ އިން މި މައްސަލަ ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އުމުރުން 50 އަހަރުގެ ޒަކިއްޔާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާކަންހާއިރު މަރުވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިންނެވެ.

ނަފުސާނީ މައްސަލަތަކެއް ވެސް ތަހަންމަލް ކުރަމުން އައި ޒަކިއްޔާ އަމިއްލައަށް މަރުވީ ނޫން ކަމަށާއި މަރާލީ ކަމަށް އާއިލާގެ ބައެއް މީހުންނާއި ހޮޅުދޫގެ ގިނަ ބަޔަކު ތުހުމަތުކުރެ އެވެ. ވާޗުއަލް އޮޓޮޕްސީ ރިޕޯޓުގައި ބުނެފައިވަނީ އޭނާ މަރުވެފައިވަނީ އަމިއްލަ އަށް ދީފައިވާ ޒަހަމްތަކެއްގެ ސަބަބުންކަމަށެވެ.


Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ބްރައިޓް މައިންޑްސް"ގެ ކުރީގެ ވެރިޔާ އަފްލަހުގެ މައްޗަށް ދައުވާކޮށްފިޚަބަރު | 2 މަސް ކުރިންފިޔާޒާއި ހަސަންގެ މައްޗަށް ގަޒުފު ކުރުމުގެ ޖިނާއީ ދައުވާ އުފުލައިފިޚަބަރު | 3 މަސް ކުރިންލައްކައަކަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެތި ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފިޚަބަރު | 4 މަސް ކުރިން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ޕީޖީ އޮފީހުން ނިންމައިފިޚަބަރު | 4 މަސް ކުރިން