logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްވެރިކަމުގެ މޫސުމަށް ސަރުކާރުން ގިނަ ތައްޔާރީތަކެއް

އާމިނަތު ޝަފާ
17 އޯގަސްޓު 2025 - 08:46
މަސްވެރިކަމުގެ މޫސުމަށް ސަރުކާރުން ގިނަ ތައްޔާރީތަކެއް

ދިވެހިރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ، މަސްވެރިކަމުގެ މޫސުން ފެށުމާ ދިމާކޮށް، މަސްގަތުމުގެ އިންތިޒާމްތައް ހަރުދަނާކޮށް، މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ފަށައިފިއެވެ.

މިފްކޯއިން ބުނީ މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މަސް ނުކިރޭކަމުގެ ޝަކުވާއާއި ކަންބޮޑުވުން މަސްވެރިން އާންމުކޮށް ފާޅުކުރާއިރު، ސަރުކާރުގެ އަމާޒަކީ މިކަންކަމަށް ހައްލު ހޯދާ މަސް ގަނެ ޕްރޮސެސްކުރެވޭނެ ކެޕޭސިޓީ އިތުރުކުރުންކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އަހަރުގެ މަސްވެރިކަމުގެ މޫސުން އަންނަ މަހުގައި ފެށޭނެކަމަށް ލަފާކުރެވޭތީ، މިފްކޯ އިން އަންނަނީ އެ ކުންފުނީގެ ޙާލަތު ރަނގަޅުކުރުމާއެކު، ޕްރޮސެސިންގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މަސްވެރިކަން ދަށްވެފައިވާ މި ދުވަސްވަރުގައިވެސް، ކޫއްޑޫގައި މަސްގަތުމުގެ ޙާލަތު ރަނގަޅުކުރުމުގެ މަސައްކަތްތައް މިފްކޯއިން ވަނީ ފަށާފައެވެ.

ކޫއްޑޫގައި ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި އެތަނުގެ ބަނދަރާއި ގުޅިފައިވާ މަގުތައް މަރާމާތުކުރުމާއި، ކޫއްޑޫގެ ލޯކަލް ޕްރޮޑަކްޝަން ފެކްޓަރީ އަޕްގްރޭޑްކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި މިފްކޯގެ މަސް ގަންނަ ބޯޓުތަކުގެ އިންޖީނުތައް އޯވަހޯލްކޮށް، މެޝިނަރީސް މަރާމާތުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ. މިދިޔަ އަހަރުގެ މަސްވެރިކަމުގެ މޫސުމަށް ބަލާ، މި އަހަރު މަސްވެރިކަން އެންމެ ރަނގަޅުވާނެކަމަށް ލަފާކުރެވޭ ސަރަހައްދުތައް ބަލައި، އެ ސަރަހައްދުތަކުން މަސްގަތުމަށް ވާންޖެހޭ ތައްޔާރީތައްވެސް މިފްކޯއިން އަންނަނީ ވަމުންނެވެ.

މިފްކޯއިން ދަނީ އައްޑު އަތޮޅުން ގަންނަ މަސް، ހުވަދުއަތޮޅަށް ގެންދިޔުމުގެ ބަދަލުގައި، ސީދާ އައްޑު އަތޮޅުން މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ. މިއީ މަސްވެރިންނަށް ފަސޭހަތަކެއް ލިބި، މަސްވެރިކަން އިތުރަށް ހަރުދަނާވެގެންދާނެ މަސައްކަތެކެވެ. މިފްކޯ އިން ބުނީ އައްޑޫގައި މަހަށް އަގު އެއްކުރުމުގެ މަސައްކަތްތައް (ވެލިއު އެޑިޝަން) މި އަހަރުގެ ތެރޭގައި ފެށުމަށްވެސް މަސައްކަތް ކުރަމުން އަންނަކަމަށެވެ. މިއާއެކު، ކޮންޓެއިނަރުތައް ޑަބަލް ހެންޑްލިންގ ކުރުން މަދުވެ، ކޫއްޑޫގެ މަސައްކަތް އިތުރަށް ހަރުދަނާވެގެން ދާނެކަމަށް މިފްކޯއިން ބުނެއެވެ.

ސަރުކާރުގެ ދިގު ރާސްތާގެ އަމާޒަކީ، މި ދައުރުތެރޭގައި ރާއްޖޭގެ މަސް ރައްކާކުރާނެ ސްޓޯރޭޖް ކެޕޭސިޓީ 15,500 ޓަނުން އިތުރުކޮށް، ޖުމްލަ 25,000 ޓަނަށް މުޅި ރާއްޖޭގެ މަހުގެ ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުމެވެ. މިހާރުވެސް ރާއްޖޭގައި އެކަށީގެންވާ ސްޓޯރޭޖް ކެޕޭސިޓީ ނެތުމުގެ ސަބަބުން، ރާއްޖެއިން ވިއްކާ މަހަށް ރަނގަޅު އަގެއް ނުލިބޭކަމުގެ ކަންބޮޑުވުންތައް މަސްވެރިންކުރެއެވެ. މިކަމުގެ ސަބަބުން، ބާނާ މަހުގެ 65 އިންސައްތަ ރޯ މަހުގެ ގޮތުގައި ބޭރުކުރަންޖެހެއެވެ. ސްޓޯރޭޖް ކެޕޭސިޓީ އިތުރުވުމަކީ މަހަށް ރަނގަޅު އަގު ލިބި، މަސްވެރިންނަށް އިތުރު ފައިދާތަކެއް ލިބިގެންދާނެ ކަމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލައިސަންސެއް ނަގައިގެން ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭ ގޮތަށް ހަދައިފިޚަބަރު | 6 ގަޑިއިރު ކުރިންމާބައިދޫގައި ޤާއިމުކުރާ އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 11 ދުވަސް ކުރިންކަށިމިޔަރުގެ މަސްވެރިކަމަށް، މެނޭޖްމަންޓް ޕްލޭނަށް އާންމުންގެ ހިޔާލު ހޯދަނީޚަބަރު | 11 ދުވަސް ކުރިންޒުވާނުން މަސްވެރިކަމަށް ޝައުގުވެރިކުރުވަން ޚާއްސަ ޕްރޮގްރާމެއްޚަބަރު | 14 ދުވަސް ކުރިން