logo
Bank of Maldives

Bank of Maldives

ޚަބަރު

ކިއުގައި ނުޖެހި މަސްކިރުމަށް، ހާއްސަ އެޕްލިކޭޝަންއެއް ތައާރަފްކޮށްފި

އައިޝަތު ނަޝާ
14 ޑިސެމްބަރު 2025 - 05:21
ކިއުގައި ނުޖެހި މަސްކިރުމަށް، ހާއްސަ އެޕްލިކޭޝަންއެއް ތައާރަފްކޮށްފި

މަސްވެރިންނަށް ޚާއްސަކޮށް، އައިސް ޕްލާންޓްތަކުގައި އައިސް ލިބެން ހުރި މިންވަރު ބަލައިލެވޭ އަދި ކިޔުގައި ނުޖެހި މަސްކިރުވުމަށް ޚާއްސަކޮށް، އެޕްލިކޭޝަންތަކެއް ތައާރަފުކޮށްފިއެވެ.

އައިސް ޕްލާންޓްތަކުގައި އައިސް ލިބެން ހުރި މިންވަރު އޮންލައިންކޮށް ބެލޭނެ ގޮތަށް "ކެޔޮޅު އެޕް" ތައާރަފުކުރިއިރު މި އެޕް އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކެޔޮޅު އެޕްލިކޭޝަން މެދުވެރިކޮށް، ރާއްޖޭގައި އައިސް ވިއްކާ ޕްލާންޓްތައް ހުންނަ ސަރަހައްދުތަކާއި ރަށްތަކުގެ މައުލޫމާތު ލިބޭނެއެވެ. އަދި އެ އައިސްޕްލާންޓްތަކުގައި އައިސް އުފައްދާފައި ހުރި މިންވަރާއި، އަދި ދޯނިތަކަށް ލިބޭނެ މިންވަރު ވެސް އެޕް މެދުވެރިކޮށް އެނގޭނެއެވެ.

މީގެއިތުރުން ދެން ތައާރަފުކުރި އެޕްލިކޭޝަނަކީ މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން މަސްވެރިންގެ ކަންކަން އިތުރަށް ފަސޭހަކުރުމުގެ ގޮތުން އުފެއްދި "މަސް ކިރާ" އެޕްލިކޭޝަނެވެ.

މި އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

މި އެޕްލިކޭޝަނަކީ މަސްވެރިން މަސްކިރަން ދާއިރު، އެހެން ބައެއްގެ ބައިވެރިވުމެއް ނެތި، އޮޓޯ ޖެނެރޭޓް ކުރެވޭ ކިއޫ ނަންބަރެއް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ އެޕެކެވެ. އަދި މަސްވެރިންނަށް އެމީހުންގެ ދޯނި ރަޖިސްޓްރީކުރުމުގެ ފުރުސަތު މި އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެއެވެ. އޭގެ އިތުރުން ތެޔޮ، ފެން އަދި އައިސް ފަދަ ޚިދުމަތްތަކަށް މި އެޕްލިކޭޝަނުން އެދެވޭނެއެވެ.

މި ހުރިހާ ކަމެއް ނިމުމަށްފަހު، މަސް ކިރުމަށް ޓޯކަން ޖެނެރޭޓް ކުރެވޭނެއެވެ. އަދި ޓޯކަން ޖެނެރޭޓް ކުރުމަށްފަހު، ކިއު ނަންބަރު ވަގުތުން ބަލާލުމުގެ ފުރުސަތުވެސް މަސްވެރިންނަށް ލިބޭނެއެވެ.

މިފްކޯއިން ބުނި ގޮތުގައި މި އެޕަކީ ފުޅާ ދާއިރާއެއްގައި މަސްވެރިންގެ ޚިޔާލާއި މަޝްވަރާވެސް ހޯދައިގެން ތައްޔާރުކޮށްފައިވާ އެޕެކެވެ.

މި ދެ އެޕްލިކޭޝަންގެ އިތުރުން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބައިނަލްއަގުވާމީ ބާޒާރުގައި ޕްރޮމޯޓްކުރުމަށް ބޭނުންކުރާ ގައުމީ ބްރޭންޑް "ފްރޮމް މޯލްޑިވްސް"ގެ ވެބްސައިޓް ވެސް ރޭ ވަނީ އިފްތިތާހުކޮށްފައެވެ.

މި ވެބްސައިޓް އިފްތިތާޙުކޮށްދެއްްވީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

މި ވެބްސައިޓްގެ ޒަރިއްޔާއިން ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކޮށް، މަހުގެ އުފެއްދުންތަކަށް ރަނގަޅު އަގެއް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިއްޔެ އެކަނި ވެސް 7 ލައްކަ އަށް ވުރެ ގިނަ ރުފިޔާ މަސްވެރިނަނަށް ދޫކުރިޚަބަރު | 12 ދުވަސް ކުރިންމިއަހަރުގެ ފުރަތަމަ 9 ދުވަހު މަސްވެރިންނަށް 10 މިލިއަން ރުފިޔާ ދޫކޮށްފިވިޔަފާރި | 24 ދުވަސް ކުރިންމިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު %87 އިތުރުޚަބަރު | މަހެއް ކުރިންއެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މަސްވެރި އުޅަނދެއް ޑިޒައިންކޮށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިޚަބަރު | މަހެއް ކުރިން