logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު %87 އިތުރު

އިސްމާޢިލް ރާތިޢު
6 ޖެނުއަރީ 2026 - 06:02
މަސްވެރިންތަކެއް މަސްކިރުވުމަށް ތައްޔާރުވަނީ -- ފޮޓޯ: މިހާރު
މަސްވެރިންތަކެއް މަސްކިރުވުމަށް ތައްޔާރުވަނީ -- ފޮޓޯ: މިހާރު

މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 87% އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކުގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކައިފިއެވެ.

އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން 2025 ވަނަ އަހަރުގެ ޖަނަވަރީ އިން ނޮވެމްބަރ މަހުގެ ނިޔަލަށް މައިގަނޑު ހުރިހާ ބާވަތްތަކުގެ މަހުގެ އުފެއްދުންތައްވެސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާ މިންވަރު ވަނީ އިތުރުވެފައެވެ. 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ރާއްޖެއިން އެކްޕޯޓުކޮށްފައި ވަނޫ 69،564 މެޓްރިކް ޓަނުގެ މަހެވެ. 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 37،213 މެޓްރިކް ޓަނުގެ މަހެވެ.

އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން 2025 ވަނަ އަހަރު ފިނިކުރި ނުވަތަ ގަނޑުކުރި މަހުގެ ގޮތުގައި އެކްސްޕޯޓުކޮށްފައިވާ މަހުގެ އަދަދު ވަނީ %105 އިތުރުވެފައެވެ. 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ގަނޑުކުރި މަހުގެ ގޮތުގައި ރާއްޖެއިން އެކްސްޕޯޓުކޮށްފައިވަނީ 61،281 މެޓްރިކް ޓަނުގެ މަހެވެ. 2024 ވަނަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 29،910 މެޓްރިކް ޓަނުގެ މަހެވެ.

ދަޅުގައި ނުވަތަ ޕައުންޗްގައި ބަންދުކޮށްގެން އެކްސްޕޯޓްކުރި މަހުގެ އަދަދުވެސް މިދިޔަ އަހަރު ވަނީ އިތުރުވެފައެވެ. އެގޮތުން ދަޅުގައި އަދި ޕައުންޗްގައި ބަންދުކޮށްގެން 5،788 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. 2024 ވަނަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 5،289 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %9.4 އިތުރުވުމެކެވެ.

ޕްރޮސެސްކޮށްގެން ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދުވެސް 2025 ވަނަ އަހަރު ވަނީ %34.9 އިތުރުވެފައެވެ. 2025 ވަނަ އަހަރު މި ބާވަތުން އެކްސްޕޯޓްކޮށްފައިވަނީ 1745 މެޓްރިކް ޓަނުގެ މަހެވެ.

ރާއްޖެއިން ބޭރުކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މަހުގެ ބާވަތްތަކެވެ. ރާއްޖޭގެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް ސިނާޢަތުން އިޤްތިޞާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަން ކުރުމަށް މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށް މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުގެ އަމާޒަކީ 3 އަހަރު ތެރޭގައި މަސް ޕްރޮސެސިން ކެޕޭސިޓީ 9 ގުނަ އިތުރު ކުރުން ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެމެހެއްޓެނިވި މަސްވެރިކަމަކީ ރާއްޖޭގެ ނޫ އިޤްތިޞާދާއި މަސްވެރި އާއިލާތަކުގެ ދިރިއުޅުމުގެ އަސާސް: މިނިސްޓްރީޚަބަރު | 7 ދުވަސް ކުރިންކަނޑުމަހުގެ މަސްވެރިކަމަށް "ސީފުޑް ވޮޗް" ގެ ރޭޓިންގ އެއް ލިބުނު ފުރަތަމަ ގައުމަކަށް ރާއްޖެޚަބަރު | މަހެއް ކުރިންފެލިވަރުގައި ކޭނަރީގައި ސްޓޯރޭޖް ކެޕޭސިޓީ ޤާއިމުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 2 މަސް ކުރިންދަފުތަރުގައި ރަޖިސްޓްރީވެފައިވާ 89 މަސްވެރިއަކަށް ލޯނު ދޫކޮށްފިޚަބަރު | 2 މަސް ކުރިން