logo
Bank of Maldives

Bank of Maldives

ޚަބަރު

ދެމެހެއްޓެނިވި މަސްވެރިކަމަކީ ރާއްޖޭގެ ނޫ އިޤްތިޞާދާއި މަސްވެރި އާއިލާތަކުގެ ދިރިއުޅުމުގެ އަސާސް: މިނިސްޓްރީ

މަރިޔަމް މާޙީ
2 މޭ 2026 - 05:51
ދެމެހެއްޓެނިވި މަސްވެރިކަމަކީ ރާއްޖޭގެ ނޫ އިޤްތިޞާދާއި މަސްވެރި އާއިލާތަކުގެ ދިރިއުޅުމުގެ އަސާސް: މިނިސްޓްރީ

ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސްވެރިކަމަކީ ދިވެހިރާއްޖޭގެ ނޫ އިޤްތިޞާދާއި، ކާނާގެ ރައްކާތެރިކަމުގެ އިތުރުން މަސްވެރި އާއިލާތަކުގެ ދިރިއުޅުމާ ނުހަނު ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ބުނެފިއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖޭގެ ކަނޑުމަހުގެ ވަސީލަތްތައް ދުރު މުސްތަޤުބަލަށް ރައްކާތެރިކަމާއެކު ދެމެހެއްޓުމަށް ޓަކައި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން، ތިމާވެއްޓާ ރައްޓެހި ދޮށީގެ މަސްވެރިކަން (ވަކިވަކިން މަސްބޭނުން) ކުރިއަރުވައި، އިލްމީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ހަރުދަނާ ނިންމުންތައް ނިންމުމަށް ބާރުއަޅަމުންދާ ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.

މީގެ އިތުރުން، ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމުގެ ގޮތުން ޅަ މަސް ހިމާޔަތްކުރުމަށާއި، ޤަވާޢިދާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް ކުރާ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދާ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ރާއްޖޭގެ މަސްވެރިކަމަކީ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެފައިވާ، ނަމޫނާ މަސްވެރިކަމެކެވެ. އެގޮތުން ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަކީ މެރިން ސްޓެވާރޑްޝިޕް ކައުންސިލް (MSC) އަދި "ފެއަރ ޓްރޭޑް" ސެޓިފިކޭޝަން ލިބިފައިވާ މަސްވެރިކަމެކެވެ. ހަމައެހެންމެ، މިއީ މޮންޓެރޭ ބޭ އެކުއޭރިއަމްގެ "ސީފުޑް ވޮޗް" އިން އެންމެ ރަނގަޅު އިޚްތިޔާރެއްގެ ގޮތުގައި ބަލައިގަނެފައިވާ މަސްވެރިކަމެއްކަން ވެސް މިނިސްޓްރީގެ މެސެޖުގައި ފާހަގަކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ މަސްވެރިންގެ ހައްގުތައް ކަށަވަރުކޮށް، މަސްވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫދު ވިނަ އެކްސްޕޯޓް ކުރުމަކީ ހާއްސަ އިސްކަމެއްދީގެން ފުޅާ ކުރަން ބޭނުންވާ ކަމެއް: އައިމިނަތު ހުސެއިންޚަބަރު | 17 ދުވަސް ކުރިން އާމްދަނީ އިތުރު ކުރުމަށް ރާއްޖޭގައި ޕްރޮސެސްކޮށްގެން ބޭރުކުރާ ބާވަތްތައް އިތުރު ކުރަންޖެހޭ: އައިމިނަތު ހުސެއިންޚަބަރު | 18 ދުވަސް ކުރިންމަސްވެރިކަމުގައި ހުރި ގޮންޖެހުންތައް ހައްލު ކުރެވޭނީ މަސައްކަތްކުރާ ފަރާތްތައް ބާރުވެރި ކުރުވައިގެން: ވަޒީރުޚަބަރު | މަހެއް ކުރިންފަރުމަސްވެރިކަމަށް ހާއްސަ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައިޚަބަރު | 2 މަސް ކުރިން