މޫދު ވިނަ އެކްސްޕޯޓް ކުރުމަކީ ހާއްސަ އިސްކަމެއްދީގެން ފުޅާ ކުރަން ބޭނުންވާ ކަމެއް: އައިމިނަތު ހުސެއިން
8 ސެޕްޓެމްބަރު 2026 - 05:28

މޫދު ވިނަ އެކްސްޕޯޓް ކުރުމަކީ ފުޅާ ކުރެވިދާނެ ކަމެއް ކަމަށާއި އެކަމަށް ހާއްސަ އިސްކަމެއްދީގެން ފުޅާ ކުރަން ސަރުކާރުން ބޭނުންވާ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ހުސެއިން ޝަރީފު ވިދާޅުވެއްޖެ އެވެ.
މެންދުރު ޓީވީގެ މައުލޫ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ މޫދު ވިނަ ހެއްދުމުގެ މަސައްކަތުގައި އަންހެނުންނަށް އަމާޒުކޮށް، ގިނަ ވަޒީފާގެ ފުރުސަތުތަކެއް ހޯދައިދެވިދާނެ ކަމަށެވެ. އަދި މިނިސްޓްރީން ހުޅުވާލާފައިވާ "އާރުވެރި މެޗިންގް ގްރާންޓް" ގައި ވެސް މޫދު ވިނަ ހައްދައިން ބޭރު ކުރާ ފަރާތްތަކަށް އިސްކަމެއް ދޭނެ ކަމަށް ވެސް އައިމިނަތު ޝަރީފު ފާހަގަ ކުރެއްވެވި އެވެ.
.png&w=750&q=75)
Ad by Hajj Corporation
ސްޓޭޓް މިނިސްޓަރު އައިމިނިތު ޝަރީފު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

-01.jpg&w=3840&q=75)
