އާމްދަނީ އިތުރު ކުރުމަށް ރާއްޖޭގައި ޕްރޮސެސްކޮށްގެން ބޭރުކުރާ ބާވަތްތައް އިތުރު ކުރަންޖެހޭ: އައިމިނަތު ހުސެއިން
7 ސެޕްޓެމްބަރު 2026 - 11:19

މަސްވެރިކަމުގެ ދާއިރާ އިން ލިބޭ އާމްދަނީ އިތުރު ކުރުމަށް ރާއްޖެއިން ޕްރޮސެސްނުކޮށް ބޭރުކުރާ، ރޯ މަހުގެ އަދަދު މަދުކުރަންޖެހޭ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނސްޓަރު އައިމިނަތު ހުސެއިން ޝަރީފު ވިދާޅުވެއްޖެ އެވެ.
މެންދުރު ޓީވީގެ މައުލޫ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ މިވަގުތު ރާއްޖެއިން ބޭރުކުރާ މަހުގެ 75 އިންސައްތަ ބޭރު ކުރަނީ ރޯމަހުގެ ގޮތުގައި ކަމަށެވެ. މިގޮތަށް ބޭރުކުރުމުން ބޭރު ފަރާތްތަކުން މަސް ޕްރޮސެސްކޮށްގެން އެ ނަފާ ހޯދާ ކަމަށާއި އޭގެ ބަދަލުގައި ރާއްޖޭގެ ވިޔަފާރިވެރިން ޕްރޮސެސްކޮށްގެން މަސް ބޭރުކުރާނަމަ ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ވެސް އައިމިނަތު ޝަރީފު ފާހަގަ ކުރެއްވެވި އެވެ.
.png&w=750&q=75)
Ad by Hajj Corporation
ސްޓޭޓް މިނިސްޓަރު އައިމިނިތު ޝަރީފު ވިދާޅުވީ މިގޮތަށް ރާއްޖޭގައި ޕްރޮސެސްނުކޮށް ރޯ މަސް ބޭރުކުރަނީ ރާއްޖޭގައި ރޯ މަސް ރައްކާކުރާނެ ތަންތަން މަދުވުމުން ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި އަމާޒަކީ ރާއްޖޭއިން ބޭރުކުރާ މަހުގެ ބާވަތްތަކުގެ 75 އިންސައްތައަކީ ރާއްޖޭގައި ޕްރޮސެސްކޮށްގެން ބޭރުކުރާ ބާވަތްތަކަށް ހެދުން ކަމަށް ވެސް އައިމިނަތު ޝަރީފު ފާހަގަ ކުރެއްވެވި އެވެ.

-01.jpg&w=3840&q=75)
