logo
MPL

MPL

ޚަބަރު

މަސްވެރިކަމުގައި ހުރި ގޮންޖެހުންތައް ހައްލު ކުރެވޭނީ މަސައްކަތްކުރާ ފަރާތްތައް ބާރުވެރި ކުރުވައިގެން: ވަޒީރު

އަޙުމަދު ރިޝާން
20 އޯގަސްޓު 2026 - 12:04
މަސްވެރިކަމުގައި ހުރި ގޮންޖެހުންތައް ހައްލު ކުރެވޭނީ މަސައްކަތްކުރާ ފަރާތްތައް ބާރުވެރި ކުރުވައިގެން: ވަޒީރު

 

 

Ad by Hajj Corporation

Ad by Hajj Corporation

މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރެވޭނީ މަސްވެރިކަމުޔެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައިގެން ކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އާރުވެރި މެޖިންގ ގްރާންޓު އިފްތިތާހް ކުރުމަށް މެންހަޓަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ މަސްވެރި ސިނާއަތް ތަރައްގީ ކުރުމަށް ކުރަން ހުރި މަސައްކަތްތަކާ މި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުރުމަށް ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ.

މި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، ސިނާއަތުގައި ހުރި ގޮންޖެހުންތައް އެއީ ހަމަ އެކަނި ސަރުކާރަކަށްވެސް ހައްލުކުރެވޭނެ ގޮންޖެހުންތަކެއް ނޫން ކަމަށް ވަޒީރު ވިދާޅުވި އެވެ.

މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރާއިރު އެ މައްސަލަތައް ހައްލު ކުރެވޭނީ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއް ބާރުވެރިކުރުވައިގެން ކަމަށް ވަޒީރު ވިދާޅުވި އެވެ.

"ސަރުކާރުން މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރާއިރު އެސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް ބާރުވެރިކުރުވިގެން ނޫނީ މުޅި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލެއް ނުކުރެވޭނެ އެގޮތުން މަސްވެރި ސިނާއަތުގައި މިހުރީ ވަރަށް ޒަމާންވީ ގޮންޖެހުންތަކެއް ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރަމުންއައި ނަމަވެސް ގޮންޖެހުންތައް ހުރީ ހުރިގޮތައް މި ގޮންޖެހުންތައް ހައްލު ކުރުމަށް އެންމެ މުހިންމު އެއް ވަސީލަތަކީ ފައިސާ ނުވަތަ އިންވެސްޓުމަންޓް،" ޝިޔާމް ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ފެށީ އަމިއްލަ ފަރުދުންނާއި ޕްރައިވެޓް ސެކްޓާއަށްވެސް ފުރުސަތުތައް ފަހިވާން ޖެހޭ ކަމަށް ގަބޫލުކޮށްގެން، ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަމާޒަކަށްވީ ރާއްޖޭގެ މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރާއިރު ޕްރައިވެޓް ކުންފުނިތަކަށްވެސް ފަހި މާހައުލެއް އުފެއްދިގެން ގޮންޖެހުންތައް ހައްލު ކުރެވޭނެ ނިޒާމެއް ގާއިމު ކުރުން ކަމަށް ވަޒީރު ވިދާޅުވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމުގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަކީ ގައުމީ ސަލާމަތާ ގުޅިފައިވާ ކަމެއް: ވަޒީރު ޝިޔާމްޚަބަރު | 7 ދުވަސް ކުރިންމަސްވެރިންގެ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 29 އާ ހަމައަށް ހުޅުވާލައިފިޚަބަރު | 17 ދުވަސް ކުރިންމަސްވެރިކަމާއި ދަނޑުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް އިންވެސްޓަރުންނަށް ދެވެންހުރި ލުއިތައް ބަލަނީޚަބަރު | 18 ދުވަސް ކުރިންވިލިނގިލީގައި ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމެއްޚަބަރު | 21 ދުވަސް ކުރިން