logo
ޚަބަރު

އޭޖީ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖައާކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

އަޙްމަދު ޒަލީފް
17 އޯގަސްޓު 2025 - 14:42
އޭޖީ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖައާކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް، ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލު ހުށަހަޅުއްވާފައިވަނީ، ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖަޢާކުރުމާއި، އެ އޮފީހުގެ ޤާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް ޤާނޫނުގައި ބަޔާންކުރުމާއި، އެ އޮފީހުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާބެހޭ ބައެއް އުސޫލުތައް އިސްލާހުކުރުމުގެ ބޭނުމުގައެވެ.

Hajj Corpooration

މި ބިލަކީ، 12 އޮގަސްޓު 2025 ވީ އަންގާރަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. އެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރު ފަރާތުން ހުށަހަޅުއްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދެވެ. އަދި ބިލު ފާސްކޮށްފައިވަނީ 65 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ބިލުގައިވާގޮތުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ ވުޒާރަތަކާ ގުޅޭގޮތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުތައް ބޭނުންކުރުމާގުޅޭ ހުރިހާ އުސޫލުތައް ބަންޑާރަނައިބުގެ އޮފީހުގެ މައްޗަށްވެސް ހިނގާނެއެވެ.

އަދި ބަންޑާރަނައިބުގެ އޮފީހުގެ ޑެޕިއުޓީ އެޓަރނީ ޖެނެރަލާއި ސެކްރެޓަރީ ޖެނެރަލް އަދި އެހެން މުވައްޒަފުން ހިމެނޭހެން އެ އޮފީހުގެ މަގާމުތައް ތަރުތީބުކޮށްފައިވާގޮތުގެ އޮނިގަނޑެއް ބަންޑާރަނައިބު އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަންޖެހޭ ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

މިއިސްލާހުގައި ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް އަދި ލީގަލް ސަޕޯޓް ސަރވިސް މުވައްޒަފުންގެ ވަޒީފާ އަދާކުރުމާ ގުޅޭ އުސޫލުތައް ތަފްސީލުކޮށް ވަނީ ބަޔާންކޮށްފައެވެ.

ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނަށް އިތުރު އިސްލާހުތަކެއް ގެންނަން ޖެހޭކަމަށް އެ އޮފީހުން ވަނީ މީގެ ކުރިންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން، މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދައުރެއް އޮންނަންޖެހޭކަމަށް އެ އޮފީހުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭޖީ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖައާކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފިޚަބަރު | 7 ގަޑިއިރު ކުރިންތުރުކީން ހަދިޔާކުރި މަނަވަރަކީ، ދެ ގައުމުގެ ދެމެދު އޮތް ވަރުގަދަގުޅުން ދައްކުވައިދޭ ރަމްޒެއް: ރައީސްޚަބަރު | 12 ގަޑިއިރު ކުރިންތުރުކީން ހަދިޔާކުރި މަނަވަރު ޤައުމީ ދިފާޢީ ބާރާއި ރަސްމީކޮށް ހަވާލުކޮށްފިޚަބަރު | 2 ދުވަސް ކުރިންލާމަރުކަޒީ ނިޒާމު އަލިފުން ޔާއަށް: ނިޒާމު ހަރުދަނާކޮށް ޗެމްޕިއަން ކުރުމުގެ މަގަށްރިޕޯޓް | 3 ދުވަސް ކުރިން