logo
Bank of Maldives

Bank of Maldives

ޚަބަރު

ބެލެނިވެރިކަމުގެ ހުނަރުތައް ދަސްކޮށްދީގެން، އުފާވެރި އާއިލާތަކެއް ބިނާ ކުރެވޭނެ : މިނިސްޓަރު އައިޝަތު

ޝަހްޒާ މުހައްމަދު
18 އޯގަސްޓު 2025 - 10:24
ބެލެނިވެރިކަމުގެ ހުނަރުތައް ދަސްކޮށްދީގެން، އުފާވެރި އާއިލާތަކެއް ބިނާ ކުރެވޭނެ : މިނިސްޓަރު އައިޝަތު

ބެލެނިވެރިކަމުގެ ހުނަރުތައް ދަސްކޮށްދީގެން، މައިންބަފައިންނާއި ކުދިންގެ މެދުގައި ގުޅުން ބަދަހިކުރެވި، އުފާވެރި އާއިލާތަކެއް ބިނާކުރެވިދާނެކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު، ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވަނީ، އެ ވުޒާރާއިން ފަށައިގެން ކުރިއަށް ގެންދާ 'ޕޭރެންޓް އެފެކްޓިވްނެސް ޓްރެއިނިން' ގެ ތަމްރީންކުރާމީހުން ބިނާކުރުމުގެ ޕްރޮގްރާމު ފެއްޓެވުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބެލެނިވެރިކަމުގެ ހުނަރުތައް ދަސްކޮށްދޭނެ މީހުން ބިނާކުރުމަށް މިފަދަ ތަމްރީނު ޕްރޮގްރާމުތައް ހިންގުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާ، ވަޒީރު ވިދާޅުވީ، އިޖްތިމާްއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއަށް ހުށަހެޅޭ އާއިލީ މައްސަލަތަކަށް ބަލާއިރު ގިނައީ ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ކަމަށެވެ. އަދި އެ އާއިލާތަކުގައި ބެލެނިވެރިންނާއި ކުދިންގެ މެދުގައި ރަނގަޅު ގުޅުމެއް އުފައްދަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މައިންބަފައިންނާއި ދަރިންގެ މެދުގައި އޮންނަ ގުޅުމުގެ މުހިންމުކަމުގެ މައްޗަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. މިނިސްޓާ ވިދާޅުވީ، މައިންބަފައިންގެ ފަރާތުން ދަރިންނަށް ދަސްވާ ކަންތައްތަކަކީ އެކުދިންގެ މުޅި ދިރިއުޅުން ބައްޓަންކުރާ މުހިންމު ކަންތައްތައް ކަމަށެވެ. ތުއްތުއިރު ކުއްޖާ ބަލަހައްޓާ ފަރާތްތަކާއެކު އުފެދޭ ގުޅުމުގެ ތެރެއިން، މުސްތަޤްބަލުގައި އެހެން މީހުންނާ ގުޅުން ބާއްވާނެ ގޮތްތަކާއި، ދިރިއުޅުން ބައްޓަންކުރާނެ ގޮތްތައް ދަސްކުރާކަމަށާ، އެ ކުދިން ބޮޑެތިވެ ޢާއިލާއެއް ފަށާ ހިސާބުން ނުވަތަ މަސައްކަތު މާޙައުލަށް ނިކުންނަ އިރުވެސް ތުއްތުއިރު ދަސްވެފައި ހުންނަ ކަންކަމުގެ ބޭނުން ހިފާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ކުދިންގެ ގައިގައި ރަނގަޅު އާދަތައް އަށަގަންނަވައިފިނަމަ، އެ ކުދިންނަކީ މުޖުތަމަޢަށް ބޭނުންތެރި ހަރުދަނާ ކުދިންނަށް ވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ޕޭރެންޓް އެފެކްޓިވްނެސް ޓްރެއިނިން' ފަދަ ތަމްރީނު ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ނާޒުކު ހާލަތުގައި ތިބި އާއިލާތަކާއެކު ގާތުން މަސައްކަތްކުރާ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުން ކަމަށާއި، މިފަދަ ތަމްރީނު ޕްރޮގްރާމުތަކުގެ ތެރެއިން ޢާއިލާތަކާއެކު މަސައްކަތް ކުރަންވީ ގޮތްތައް ދަސްވެ، ހަރުދަނާ ބެލެނިވެރިކަމުގެ ހުނަރުތައް މައިންބަދައިންނަށް ދަސްކޮށްދޭންވީ ގޮތުގެ ވަރަށް ގިނަ މައުލޫމާތާއި ފަންނީ ހުނަރުތައް މުވައްޒަފުންނަށް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި އެ މައުލޫމާތުތަކުގެ އެހީގައި، ހަރުދަނާ ބެލެނިވެރިކަމުގެ ހުނަރުތައް މައިންބަފައިންނަށް ދަސްކޮށްދީގެން، ކުދިންނާއި ގާތް ގުޅުމެއް އުފައްދާ، ރަނގަޅުގޮތުގައި ކުދިންނާއި މުޢާމަލާތުކުރުމާއި، ކުދިން ތަރުބިއްޔަތުކުރުމުގެ ތަފާތު ހުނަރުތައް ދަސްކޮށްދެވި، ހަރުދަނާ ކުދިންތަކެއް ބިނާކުރުމަށް އެހީތެރިކަން ލިބިގެންދާނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ "އުފާ" ފެސްޓިވަލް، ސެންޓްރަލް ޕާކުގައި ފަށައިފިޚަބަރު | މަހެއް ކުރިންލޯފަން މީހުންނަށް އެމްޕީއެލްގެ ވެބްސައިޓް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށް ލޯންޗްކޮށްފިޚަބަރު | މަހެއް ކުރިންނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލުމަށް "ޝާމިލް 2025" ހަރަކާތް ފަށައިފި ޚަބަރު | މަހެއް ކުރިންއިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއަށް މިދިޔަ މަހު 241 މައްސަލައެއްޚަބަރު | 2 މަސް ކުރިން