ލޯފަން މީހުންނަށް އެމްޕީއެލްގެ ވެބްސައިޓް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށް ލޯންޗްކޮށްފި

އައިޝަތު ނަޝާ20 ނޮވެމްބަރު 2025 - 07:48
ލޯފަން މީހުންނަށް އެމްޕީއެލްގެ ވެބްސައިޓް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށް އިފްތިތާހްކޮށްފިއެވެ.
އެ ވެބްސައިޓް ލޯންޗްކޮށްދެއްވީ އެމްޕީއެލްއިން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އައިޝަތު ޝިހާމެވެ.
އެމްޕީއެލްއިން ވިދާޅުވީ މިއަދުން ފެށިގެން އެ އެކްސަސިލިބިޓީ ޕީޗާ އެ ކުންފުނީގެ ވެބްސައިޓްގައި މިހާރު ވަނީ ހިމަނާފައި ކަމަށެވެ. އަދި އެ މަސައްކަތުގައި އިޖްތިމާއީ އައި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ދިން އެހީތެރިކަމާއި ވަޒީރު އާއިޝަތު ޝިހާމާއި އެ ވުޒާރާގެ މުވައްޒަގުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.އަދި އެ ފީޗާ ޓެސްޓު ކުރުމުގައި ބްލައިންޑް ސޮސައިޓީގެ ފަރާތުން ލިބުނު އެއްބާރުލުމަށް ވެސް ޝުކުރު ދަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.
އެމްޕީއެލްއިން އެންމެ އިސްކަމެއްދޭ އެއްކަމަކީ ހަމަހަމަ ފުރުސަތުތަކެއް ގާއިމްކުރުން ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. އެގޮތުން އެ ކުންފުނިން ވިދާޅުވީ ފޯރުކޮށްދޭ ހިދުމަތްތަކާއި މަސައްކަތުގެ މާހައުލުގައި ހަމަހަ ފުރުސަތުތަަކެއް ގާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ވާނެ ކަމަށެވެ.
އެ އާ ފީޗާ ބޭނުންކޮށްގެން ލޮލުގެ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެމްޕީއެލްގެ ވެބްސައިޓުން ލިބެންހުރި އެކި މައުލޫމާތު ހޯދައި ހިދުމަތް ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ.އެމްޕީއެލްއިން ވިދާޅުވީ މިއީ އދ ގެ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކާ އެއްގޮތަށް ކުންފުނީގެ ހަރަކާތްތައް ބައްޓަންކުރުމަށް އެމްޕީއެލްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުންފުނީގެ އިސްނެގުމުގެ މަތިން ކުރެވުނު މަސައްކަތްތަކެއް ކަމަށެވެ.
މިއީ ރާއްޖޭގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ރާއްޖޭގެ ވެބްސައިޓެއްގައި އެފަދަ ފީޗާއެއް ތައާރަފްކުރި ފުރަތަމަ ފަހަރު ކަމަށް ވެސް އެމްޕީއެލްއިން ވިދާޅުވެއެވެ.
އިތުރު ލިޔުންތައް

ބަންކަރިންގެ ހިދުމަތްދޭ އިމާރާތް ހުޅުވާ، އަންނަ ބުރާސްފަތި ދުވަހު ހިދުމަތްދޭން ފަށަނީ: އެމްޕީއެލް
އަހަރެއް ކުރިން
އެއް ދުވަސްތެރޭ 934 ކޮންޓެއިނަރު ކްލިއާކޮށް އެމްޕީއެލްއިން އައު ރެކޯޑެއް ހަދައިފި
އަހަރެއް ކުރިން
އިންޑިއާއިން ރާއްޖެއަށް 300 މެޓްރިކް ޓަނުގެ ކާގޯއާއެކު އަންނަ ބުދަ ދުވަހު ހިތަދޫ ޕޯޓަށް ބަނދަރުކުރާނެ
އަހަރެއް ކުރިން


