logo
MPL

MPL

ޚަބަރު

ނޯތު ހާބަރުން ހުސްކުރި ސަރަހައްދު އަލުން ހުޅުވާލައިފި

އައިޝަތު ނަޝާ
19 ފެބްރުއަރީ 2026 - 06:17
ނޯތު ހާބަރުން ހުސްކުރި ސަރަހައްދު އަލުން ހުޅުވާލައިފި

މާލޭ ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތި ހިމެނޭ ސަރަހައްދުގައި ތާރު އެޅުމުގެ މަޝްރޫއަށް ހުސްކުރި ނޯތު ހާބަރު ސަރަހައްދު، އުޅަނދުފަހަރަށް އަލުން ހުޅުވާލައިފިއެވެ.

އެމްޕީއެލް އިން ބުނީ، ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރުމަށް ހުސްކޮށްފައިވާ މާލޭ ނޯތު ހާބަރު ސަރަހައްދު، މުދަލާއި ޕަސެންޖަރުން އުފުލާ ކަނޑު އުޅަނދު ފަހަރާއި މަސް އޮޑި ފަހަރަށް، ރޭ ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ބަނދަރުކުރެވޭނީ މާލޭ ނޯތު ހާބަރުގައި އަމަލުކުރާ އުސޫލުތަކާއި ގަވާއިދުތަކަށް ފެތޭ އުޅަނދުފަހަރަށް އެކަނި ކަމަށްވެސް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރު ފެށޭ ހިސާބަށް ތާރު އެޅުމުގެ މަސައްކަތް ނިންމައި، ދެކޮޅަށް ދުއްވޭ މަގެއް ގޮތަށް މިދިޔަ ހޯމަ ދުވަހު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ކުރިން ބާވެ ހަލާކުވެފައިވާ އެއްގަމު ތޮށިވެސް އާކޮށްފައިވާތީ ލަފައިފުރާ އޮޑިދޯނި ފަހަރަށްވެސް ތޮށްޓައް ކައިރިކުރުން ވަރަށް ބޮޑަށް ފަސޭހަވާނެއެވެ.

އަދި އެ މަގުގައި ދެކޮޅަށް ދުއްވޭ ގޮތަށް ގެނައި ބަދަލާއެކު، އެ ސަރަހައްދުގައި ދެކޮޅަށް ދުއްވޭނެ އިންތިޒާމު ހަމަޖެހުމުން، އާންމު ދަތުރުފަތުރުތަަކަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޕީއެލް އިން މިދިޔަ ހަފުތާ އެކަނި، ދެހާހާ ގާތްކުރާ އަދަދަކަށް މުދާ ކްލިއާ ކޮށްފިޚަބަރު | 3 ދުވަސް ކުރިންއެފްސީއެލް ކޮންޓޭނަރ ކްލިއަރކުރުމުގެ ޚިދުމަތް ތިލަފުށި ކާގޯ ޓަރމިނަލަށް ބަދަލުކޮށްފިޚަބަރު | 9 ދުވަސް ކުރިންމާލޭ ވިޔަފާރި ބަނދަރުން ސެޕްޓެމްބަރުގައި 1.7 ލައްކަ ޓަނުގެ މުދާ ކްލިއާކޮށްފިޚަބަރު | 19 ދުވަސް ކުރިންއެމްޕީއެލްއިން ސެޕްޓެމްބަރު މަހު އެއްލައްކަ ހަތްދިހަ އަށްހާހަށްވުރެ ގިނަ މުދާ ކްލިއަކުރިޚަބަރު | 19 ދުވަސް ކުރިން