logo
ތިން ކިލޯއަށް ވުރެ ގިނަ ޑްރަގާއެކު ދިވެއްސަކާއި ބިދޭސީއަކު ހައްޔަރުކޮށްފިBank of Maldives

Bank of Maldives

ޚަބަރު

އިތުރު ފައްތިޔާތަކާއެކު އުޅަނދު ފަހަރަށް ބޮޑު ލުޔެއް، 'އޭ ޒޯން' އިން ކުރިން ލިބެން ނެތް ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދެނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ފެބްރުއަރީ 2026 - 05:42
މާލޭ ނޯތު ހާބަރ، ފޮޓޯ: އެމްޕީއެލް
މާލޭ ނޯތު ހާބަރ، ފޮޓޯ: އެމްޕީއެލް

މާލޭ ނޯތު ހާބަރުގެ 'އޭ ޒޯން' އިން މީގެ ކުރިން ލިބެން ނެތް ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަށައިފިއެވެ.

އެމްޕީއެލުން ބުނި ގޮތުގައި ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތަށް އެހެން ސަރަހައްދުތަކަށް ބަދަލުކުރި އުޅަނދުތައް މިހާރު ވަނީ އަލުން ނޯތު ހާބަރުގެ 'އޭ ޒޯން' އަށް ބަދަލުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބަނދަރު ބޭނުންކުރާ އުޅަނދުފަހަރަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ބަނދަރުގައި ހަލާކުވެފައި ހުރި ފައްތިޔާތަކުގެ ބަދަލުގައި 36 އައު ފައްތިއްޔާ މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. މީގެ ސަބަބުން އުޅަނދުތަކަށް ރައްކާތެރިކަމާއެކު ބަނދަރުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ނޯތު ހާބަރުގެ 'ބީ ޒޯން' އަށް އުޅަނދުތައް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ވެސް ވަނީ ރޭވިފައިކަމަށް އެ ކުންފުނިން ބުންޏެވެ.

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން އެއްގަމުތޮށި ބޭރަށް ޖައްސައި، މަގު ފުޅާކުރުމަށްފަހު ތާރު އަޅައި ނިންމައި އާންމުންނަށް ހުޅުވާލީ 16 ފެބްރުއަރީ 2026 ގައެވެ. އެއާއެކު މުދަލާއި ފަސިންޖަރުން އުފުލާ ކަނޑު އުޅަނދު ފަހަރާއި މަސް އޮޑިފަހަރަށް ނޯތު ހާބަރު ސަރަހައްދު އަލުން ހުޅުވާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް މިހާރު ވަނީ ދެކޮޅަށް ދުއްވޭ ގޮތަށް ތަރައްޤީކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅާފައިވާއިރު، ފަޅުތެރެއިން ބައެއް ހިއްކައިގެން މަގަށް 6 މީޓަރުގެ ސަރަޙައްދެއް ވަނީ އިތުރުކޮށްފައެވެ. އެމްޓީސީސީން ބުނެފައިވާ ގޮތުގައި ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަގު ތަރައްޤީކުރުމުގެ މަސައްކަތް ރަމަޟާންމަސް ތެރޭގައި ފެށޭނެއެވެ.

ސަރުކާރުން އުންމީދު ކުރާ ގޮތުގައި މިއަހަރުގެ މެއި މަހުގެ ނިޔަލަށް މުޅި މަޝްރޫޢު ނިމުމުން، މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މިއީ ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ، ހިނގާ މީހުންނަށް އަމާން ޒަމާނީ މަގުތަކަކަށް ވެގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިތުރު ފައްތިޔާތަކާއެކު އުޅަނދު ފަހަރަށް ބޮޑު ލުޔެއް، ކުރިން ލިބެން ނެތް ކަރަންޓާއި ފެން ފޯރުކޮށްދެނީޚަބަރު | 2 ގަޑިއިރު ކުރިންނޯތު ހާބަރުން ހުސްކުރި ސަރަހައްދު އަލުން ހުޅުވާލައިފިޚަބަރު | 3 ދުވަސް ކުރިންހަލާކުވާ ޒާތުގެ ތަކެތި ކްލިއަރކުރަން އެމްޕީއެލްއިންއިން ޝެޑެއް ހަދައިފިޚަބަރު | 6 ދުވަސް ކުރިންވިޔަފާރި ބަނދަރުގައި ހުރި ގިނަދުވަސްވީ މުދާތައް ނެގުމަށް އެމްޕީއެލް އިން އެދިއްޖެޚަބަރު | 6 ދުވަސް ކުރިން