logo
Bank of Maldives

Bank of Maldives

ޚަބަރު

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއަށް މިދިޔަ މަހު 241 މައްސަލައެއް

އިސްމާޢިލް ރާތިޢު
29 އޮކްޓޯބަރު 2025 - 10:40
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް

މިދިޔަ ސެޕްޓެމްބަރު މަހު، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއަށް ޖުމްލަ 241 މައްސަލައެއް ހުށަހެޅި، އެކަން ބަލާފާއިވާކަން އެ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން މިއަދު ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ވަނީ ކުޑަކުދިންނަށް އަނިޔާކުރުމުގެ 100 މައްސަލައެއް ހުށަހަޅާފައެވެ. އެއީ 50 ފިރިހެންކުދިންގެ އިތުރުން 50 އަންހެންކުދިންނެވެ. މީގެތެރޭގައި ހިމެނެނީ ގެވެށި އަނިޔާއެއް ހިނގާ މަންޒަރު ކުޑަކުއްޖަކަށް ފެނުމުގެ ނުވަ މައްސަލައަކާއި، ކުއްޖާއަށް އަޅާނުލާ ދޫކޮށްލުމުގެ އެއް މައްސަލައާއި، ހަނގާކުރުމުގެ ހަތަރު މައްސަލައަކާއި، އެކްސްޕްލޮއިޓޭޝަންގެ އެއް މައްސަލައަކާއި، އިހުމާލުވުމުގެ 32 މައްސަލައަކާއި، ނަފްސާނީ ގޯނާގެ 11 މައްސައަކާއި، ޖިސްމާނީ ގޯނާގެ 19 މައްސަލައަކާއި، ޖިންސީ ގޯނާގެ 23 މައްސަލައެއްގެ އިތުރުން ބްލެކްމެއިލްކުރުމުގެ ދެ މައްސަލައެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، ކުދިންގެ އަޚްލާޤާގުޅޭ 12 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެތެރޭގައި ހިމެނެނީ ރުޅި ކޮންޓްރޯލް ނުވެގެން ހުށަހަޅާފައިވާ ދެ މައްސަލައަކާއި، ގެ ދޫކޮށް ފިލުމުގެ މައްސަލައަކާއި، ސްކޫލަށްދާން ދެކޮޅުހެދުމުގެ ހަ މައްސަލައެއްގެ އިތުރުން އެހެނިހެން ތިން މައްސަލައެކެވެ.

ކުޑަކުދިންނާ ދެކޮޅަށް ހިންގާފައިވާ ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު، ހަތަރު ކުއްޖަކާ ދެކޮޅަށް ޖިންސީ ފުރައްސާރައިގެ ޢަމަލެއް ހިންގައިގެން ރިޕޯޓުކޮށްފައިވާއިރު، 14 ކުއްޖަކާ ދެކޮޅަށް ޖިސްމާނީ ފުރައްސާރައިގެ އަމަލެއް ހިންގައިގެން ރިޕޯޓުކޮށްފައިވެއެވެ. އަދި ނަފްސާނީ ފުރައްސާރައިގެ 13 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މުދަލަށް ގެއްލުންދިނުމުގެ ދެ މައްސަލައަކާއި ބިރުދެއްކުމުގެ ތިން މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

އިޖުތިމާޢީ އެހީތެރިކަމާ ދުޅަހެޔޮކަމާ ގުޅޭ ޖުމްލަ ހަތް މައްސަލައެއް ހުށަހަޅާފައިވާ އިރު، މީގެތެރޭގައި ހިމެނެނީ ތަޢުލީމު ފޯރުކޮށްނުދެވުމުގެ މައްސަލައަކާއި ބޯހިޔާވަހިކަން ފޯރުކޮށްނުދެވުމުގެ ހަ މައްސަލައެކެވެ. ކުޑަކުދިންނަށް ލިބިދޭންޖެހޭ އަސާސީ ހައްގުތައް ނުލިބިގެން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައިވެސް ތަޢުލީމު ލިބިދިނުމުގެ ހައްގަށް ހުރަސްއެޅުމުގެ ދެ މައްސަލައަކާއި ސްކޫލަށް ފޮނުވަން ދެކޮޅުހެދުމުގެ ތިން މައްސަލައެކެވެ. މިނޫނަސް ކުޑަކުދިންގެ އަސާސީ ހައްގުތައް ނުލިބުމުގެ އިތުރު 28 މައްސަލައެއް ހުށަހަޅާފައިވެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިވަގުތު 156 ކުއްޖަކު ދައުލަތުގެ ސީދާ ބެލުމުގެދަށުގައި އެބަތިބި ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި، މިދިޔަ މަހު ހަތަރު ކުއްޖަކު ޢާއިލާއާ އަލުން ޙަވާލުކޮށްފައިވާ ކަމަށާއި ތިން ކުއްޖަކު ފޯސްޓަރ ކެއަރ އަށް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި 13 ކުއްޖަކަށް އިންޓަރންޝިޕް ނުވަތަ ވަޒީފާގެ ފުރުސަތު ހޯދައިދީފައިވާކަމަށް ވުޒާރާގެ ތަފާސްހިސާބުތައް ދައްކައެވެ.

ވުޒާރާއިންމިދިޔަ މަހު ފޯރުކޮށްދީފައިވާ ކައުންސެލިންގ ޚިދުމަތްތަކަށް ބަލާއިރު، 100 ކައުންސެލިންގ ސެޝަން ނަގައިދީފައިވާ ކަމަށާއި، ހަތް ފަރާތަކަށް ސައިކޯސޯޝަލް ސަޕޯޓް ފޯރުކޮށްދީފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން، ވުޒާރާއިން 11 ޕޭރެންޓިންގ ސެޝަން ނަގައިދީފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއަށް މިދިޔަ މަހު 241 މައްސަލައެއްޚަބަރު | 19 ގަޑިއިރު ކުރިންއިސްރަށްވެހިންނަށް ޤަދަރުކޮށް އެ ފަރާތްތަކުގެ ޚިދުމަތުގެ އަގުވަޒަންކުރަން ޖެހޭޚަބަރު | މަހެއް ކުރިން8 އަތޮޅެއްގައި އުފާވެރި ރާސްތާ ޕްރޮގްރާމު ކުރިއަށްގެންދަނީ ޚަބަރު | މަހެއް ކުރިން"ޝާމިލް" ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައިފިޚަބަރު | މަހެއް ކުރިން