logo
ޚަބަރު

އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ހޯދައިދޭންޖެހޭ: ރައީސް

ޝަހްޒާ މުހައްމަދު
19 އޯގަސްޓު 2025 - 05:01
ރައީސް ޑރ މުޙައްމަދު މުޢިއްޒު
ރައީސް ޑރ މުޙައްމަދު މުޢިއްޒު

އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް، ރައްކާތެރިކަން ކަށަވަރުކޮށްދީ މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، 'ވޯލްޑް ހިއުމެނިޓޭރިއަން ޑޭ' ނުވަތަ ދުނިޔޭގެ އިންސާނީއްޔަތުކަމުގެ ދުވަހުގެ މުނާސަބާގައި މީސްމީިޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު އިންސާނީއްޔަތުކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ދުނިޔޭގެ ކަންކޮޅުތަކުގައި ހިއްވަރާއެކު ހަނގުރާމަތަކާއި ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި އެކު ދިވެހިރާއްޖެއިން ތިބި ކަމަށެވެ.

އެމަނިކުފާނު ވަނީ މި ދުވަސް ފާހަގަކުރާއިރު ޢައްޒާއާއި ދުނިޔޭގެ ކަންކޮޅުތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ފަރާތްތައް ފާހަގަކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، އެ ފަރާތްތަކުން އިންސާނިއްޔަތުކަމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި ވަމުންދާ ޤުރުބާނީ އަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ސުލްޙަޤާއިމް ކުރުމަށާއި އިންސާފަށް ލިބޭ ބާރެއް ކަމަށެވެ. އެހެން ކަމުން އެފަރާތްތަކަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށް އިންސާނީ އެހީ ނާޒުކު އާބާދީތަކަށް ލިބޭކަން ކަށަވަރުކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދުނިޔޭ އިންސާނިއްޔަތުކަމުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، މިއަހަރުގެ ދުވަހުގެ ޝިއާރަކީ އެކްޓް ފޯ ހިއުމަނިޓީ ނުވަތަ އިންސާނީއްޔަތުކަމަށްޓަކައި ފިޔަވަޅު އެޅުމެވެ. މި ޝިއާރު ބިނާވަނީ އިންސާނީ އެހީދިނުމަށް މިހާރު މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކާއި، ނިޒާމަށް މިހާރު ބޮޑުވެފައިވާ ބުރަޔަށް އަދި ދެވޭ ޙަމަލާތަކައި ދެކޮޅަށް މަސައްކަތް ކުރުމަށެވެ. މިދުވަސް ފާހަގަކުރަން ފަށާފައިވަނީ، 2008 ވަނަ އަހަރު އދ، އާންމު މަޖިލީހުން ފާސްކޮށްގެންނެވެ. މި ދުވަސް ފާހަގަ ކުރަނީ 2003 ވަނަ އަހަރު ބަޤްދާދު ކާނަލް ހޮޓަލަށް ދިން ހަމަލާގައި އިންސާނީ އެހީދޭ 22 މީހަކު މަރާލި ދުވަހާއި ދިމާކޮށެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ބޮޑުފޮޅުދޫގައި 50 ހައުސިން ޔުނިޓު އަޅައިދޭނަން: ރައީސްޚަބަރު | 5 ގަޑިއިރު ކުރިންމަތިވެރިީ އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކަންފަށައިފިޚަބަރު | 6 ގަޑިއިރު ކުރިންފެރިދޫގެ ބައެއްގެ ގޮތުގައި މާފަރުފަޅު ހަމަޖައްސައިދޭނަން - ރައީސް ޚަބަރު | ދުވަހެއް ކުރިން އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުޞޫލެއް ފުރަތަމަ ފަހަރަށް އެކުލަވާލައްވައިފިޚަބަރު | ދުވަހެއް ކުރިން