logo
ޚަބަރު

މަތިވެރިީ އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކަންފަށައިފި

އައިމިނަތު މޫސާ
20 އޯގަސްޓު 2025 - 05:18
މަތިވެރިީ އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކަންފަށައިފި

އއ. މަތިވެރީގައި އެއާޕޯޓް ތަރައްގީކުރަން ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފަށްޓަވައިދެއްވައިފިއެވެ. މަތިވެރީގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ ރައީސް މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މަތިވެރީގެ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، (އެމްއޭސީއެލް) އާއެވެ. އެމްއޭސީއެލްއާ އެ މަޝްރޫއު ހަވާލުކުރީ، އެތަނަށް ބޭނުންވާ އިންވެސްޓްމެންޓާއެކު ހުރިހާ ކަމެއް އެ ކުންފުނިން ބެލެހެއްޓުމަށެވެ.

ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު ބޭއްވީ އއ. އަތޮޅަށް މިހާރު ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނުއެވެ. އެ ރަސްމިއްޔާތުގައި، ބިން ހިއްކުމުގެ މަސައްކަތް އަމަލީ ގޮތުން ފައްޓަވައިދެއްވީ ރައީސް ޑރ. މުއިއްޒާއި، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިމްރާން އަބްދުލްމުހައިމިނާއި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި، މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރާއި، އެ ރަށު ކައުންސިލް ރައީސް އަހުމަދު އަސްލަމެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ކްރޮސް ސަބްސިޑީ" އުސޫލުން މަތިވެރީގައި އެއަރޕޯޓް ތަރައްގީކުރާނެ ބަޔަކު ހޯދުމަށް އިއުލާންކުރީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި މަޝްރޫއުގައި ހިމެނެނީ 1500 މީޓަރުގެ ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ތަރައްގީކުރުމާއި ޓެކްސީވޭއާއި އޭޕްރަންގެ އިތުރުން ފަސިންޖަރ ޓާމިނަލާއި ފަޔަރ ސްޓޭޝަންގެ އިތުރުން އެއަރޕޯޓުގެ ހިދުމަތްދޭ މަގުތައް ތަރައްގީކުރުމެވެ.
މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މަތިވެރި ބިން ހިއްކާ އެއާޕޯޓްގެ މަސައްކަތް އެމްއޭސީއެލްއިން ކުރަނީ އެ ކުންފުނިން އަމިއްލައަށް އިންވެސްޓްކޮށްގެން ތަރައްގީކުރާ އެއާޕޯޓެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އެއާޕޯޓް ތަރައްގީ ކުރުން ހިމެނޭހެން އެރަށުން 26.5 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ބިމުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައްކާއި އެހެނިހެން މަޝްރޫއުތައް ކުރިއަށްގެންދެވޭނެކަމަށެވެ. އަދި ބިން ހިއްކުމާއި އެއަޕޯޓް ތަރައްގީކުރުމުގެ މަސައްކަތް 2 އަހަރާ 6 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށްވެސް އެ ރައީސް ވިދާޅުވިއެވެ.

މަތިވެރީގައި އެއަޕޯޓް ތަރައްގީކުރުމުގެ ސަބަބުން އެރަށާއި އަތޮޅަށް ފައިދާވުމުގެ އިތުރަށް ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ފައިދާކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

 

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ބޮޑުފޮޅުދޫގައި 50 ހައުސިން ޔުނިޓު އަޅައިދޭނަން: ރައީސްޚަބަރު | 4 ގަޑިއިރު ކުރިންމަތިވެރިީ އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކަންފަށައިފިޚަބަރު | 5 ގަޑިއިރު ކުރިންފެރިދޫގެ ބައެއްގެ ގޮތުގައި މާފަރުފަޅު ހަމަޖައްސައިދޭނަން - ރައީސް ޚަބަރު | 21 ގަޑިއިރު ކުރިން އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުޞޫލެއް ފުރަތަމަ ފަހަރަށް އެކުލަވާލައްވައިފިޚަބަރު | 21 ގަޑިއިރު ކުރިން