logo
ޚަބަރު

ތޮއްޑޫ މާސްޓާސް އިންޓަނޭޝަނަލް ޓީޓީ މުބާރާތް ރައީސް ފައްޓަވައި ދެއްވައިފި

އާމިނަތު ޝަފާ
20 އޯގަސްޓު 2025 - 12:37
ތޮއްޑޫ މާސްޓާސް އިންޓަނޭޝަނަލް ޓީޓީ މުބާރާތް ރައީސް ފައްޓަވައި ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު "ތޮއްޑޫ މާސްޓަރސް ޓޭބަލްޓެނިސް މުބާރާތް" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

އެ މަނިކުފާނު މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ތޮއްޑޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ތޮއްޑޫ ސްކޫލްގެ ދަރިވަރުންގެ ޚާއްޞަ ސަގާފީ އައިޓަމެއް ހުށައަޅައިދީފައިވެއެވެ. އަދި ރަސްމިއްޔާތުގައި މި މުބާރާތް ރޭވުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި އެކިއެކި ފަރާތްތަކަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވާފައިވެއެވެ. މީގެ އިތުރުން މި ޖަލްސާގައި ޝުކުރުގެ ޚާއްޞަ އެވޯޑެއް އެމްބެސެޑަރ އަޙްމަދު ލަތީފަށް އަރުވާފައިވެއެވެ.

"ތޮއްޑޫ މާސްޓަރސް ޓޭބަލްޓެނިސް މުބާރާތް" ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. މިއީ ތޮއްޑޫގައި ބައިނަލްއަޤްވާމީ މިފަދަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. މި މުބާރާތުގައި ޤައުމީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ވަނަތައް ހޯދާފައިވާ އެކިއެކި ކުޅުންތެރިންގެ މޮޅު ކުޅުން ފެނިގެންދާނެއެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުކުޅަހަކީ ހީވާގި ރައްޔިތަކު ދިރިއުޅޭ ރަށެއް، ސަރުކާރުގެ އެއްބާރުލުން ލިބޭނެ: ރައީސްޚަބަރު | 28 މިނިޓު ކުރިންއއ.އަތޮޅު ޙޮސްޕިޓަލުގައި ޑައިލިސިސް ޚިދުމަތް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންރަސްދޫ ކައުންސިލުން އެދުނީ ބަނދަރުގެ މަސައްކަތް އަވަސްކޮށްދިނުމަށް ޚަބަރު | 2 ގަޑިއިރު ކުރިންތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އަނބުރާ މަޖިލީހަށް ޚަބަރު | 3 ގަޑިއިރު ކުރިން