logo
Bank of Maldives

Bank of Maldives

ޚަބަރު

އއ.އަތޮޅު ޙޮސްޕިޓަލުގައި ޑައިލިސިސް ޚިދުމަތް ފަށައިފި

އާމިނަތު ޝަފާ
20 އޯގަސްޓު 2025 - 16:35
އއ.އަތޮޅު ޙޮސްޕިޓަލުގައި ޑައިލިސިސް ޚިދުމަތް ފަށައިފި

އއ.އަތޮޅު ޙޮސްޕިޓަލްގައި ޑައިލިސިސް ޚިދުމަތް ފަށައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އއ.އަތޮޅު ޙޮސްޕިޓަލްގައި ޑައިލިސިސް ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގައި މިހާރު ޑައިލެސިސްގެ ޚިދުމަތް ނުފެށި އޮތީ 4 އަތޮޅެއްގައެވެ. އެއީ އދ. އަތޮޅާއި ވ. އަތޮޅާއި ފ. އަތޮޅުގެ އިތުރުން ދ. އަތޮޅުގައެވެ.

ޑައިލިސިސްގެ ޚިދުމަތަކަކީ ކިޑްނީ ބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީގެ ފަންކްޝަން ވަކިވަރަކަށްވުރެ ދަށްވުމުން ކޮންމެ ހަފްތާއަކުވެސް 2 ނުވަތަ 3 ދުވަހު މެޝީންގެ އެހީގައި ހޯދާ ޚިދުމަތެކެވެ. ޑައިލިސިސް ހެދުމަށް ކޮންމެ ދުވަހަކު 4 ގަޑިއިރު ހޭދަވެއެވެ.

އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުން ޑައިލިސިސް ޚިދުމަތް ހޯދުމަށް މާލެއަށް އަންނަން ޖެހޭ ޖެހުމަކީ ދަތިކަމަކަށްވެފައި، ޑައިލިސިސްގެ ފަރުވާ ބޭނުންވާ މީހުން ގިނަ ހިސާބުތައް ބެލުމަށްފަހު، އެ ތަންތަނުގައި އެ ޚިދުމަތް މި އަހަރު ފެށުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިކީލަ ރިޟާ އަވަހާރަވުމުން ރައީސްގެ ތައުޒިޔާޚަބަރު | 5 ގަޑިއިރު ކުރިން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މިރޭ ހުޅުވަނީޚަބަރު | 6 ގަޑިއިރު ކުރިން241 ކޮމިޓީގެ ލަފަޔާ އެއްގޮތަށް ރިޔާޒުގެ ވަޒީފާ އިޔާދަކޮށްފިޚަބަރު | 17 ގަޑިއިރު ކުރިން''ރައްޔިތުން ބޭނުންވަނީ އެންމެން އެއްތަނަކަށް ޖަމާވެ، ރައީސްއަށް ޝުކުރު ދަންނަވަން''ޚަބަރު | ދުވަހެއް ކުރިން