logo
MPL

MPL

ޚަބަރު

241 ކޮމިޓީގެ ލަފަޔާ އެއްގޮތަށް ރިޔާޒުގެ ވަޒީފާ އިޔާދަކޮށްފި

ޢައްފާން މުޙައްމަދު
8 ނޮވެމްބަރު 2025 - 19:30
241 ކޮމިޓީގެ ލަފަޔާ އެއްގޮތަށް ރިޔާޒުގެ ވަޒީފާ އިޔާދަކޮށްފި

ހިޔާނާތުގެ ތުހުމަތުކޮށް މޯލްޑިވްސް ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން ވަކިކުރެއްވި މަޙްމަދޫ ރިޔާޒުގެ ވަޒީފާ އިޔާދަކޮށްފިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުން، މަހްމޫދު ރިޔާޒު ވަކިކޮށްފައިވަނީ ހުސްވި އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުއެެވެ. އޭނާ މަޤާމުން ވަކިކުރެއްވީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ދިރާސާކުރި ސިނގިރޭޓް ކާޓޫންތަކެއް ގަވާއިދާއި ހިލާފަށް އެތެރެކުރި މައްސަލައަކާއި، ސިނގިރޭޓް ކާޓުންތަކެއް ބޮންޑެޑްވެއާރ ހައުސްއިން ގަވާއިދާއި ހިލާފަށް ބޭރުކުރި މައްސަލައަކާއި ގުޅިގެނެވެ. އެ މައްސަލައިގައި އެ ކޮމިޓީން ރައީސްއަށް ލަފާދިނީ ރިޔާޒު މަގާމުން ވަކިކުރުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންނަމަވެސް ހޮނިހިރު ދުވަހު އެ ކޮމިޓީން ނެރުނު ބަޔާނެއްގައި ވަނީ، ލިބުނު އިތުރު މައުލޫމާތުތަކަކާ ގުޅިގެން އަލުން އެ މައްސަލަ ބެލުމަށްފަހު، ސީދާ ގޮތެއްގައި އެ މައްސަލައިގައި ރިޔާޒުގެ ބައިވެރިވުމެއް ނެތްކަން ފާހަގަކުރެވުނު ކަމަށެވެ. އެހެންކަމުން އޭނާގެ މަގާމު އިޔާދަކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއަށް ލަފާދެއްވާފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

241 ކޮމިޓީން ބަޔާން ނެރުނުތާ މާ ގިނައިރުތަކެއް ނުވެ ރައީސް އޮފީހުގެ ތަރުޖަމާނު ޙީނާ ވަލީދު ކުރެއްވި މީސްމީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ކުރިއަށްގެންދިޔަ ތަހުގީގަކާއި ގުޅިގެން މަގާމުން ވަކިކުރެއްވި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް މަހްމޫދު ރިޔާޒުގެ މައްސަލަ އެކޮމިޓީން އިތުރަށް ތަހުގީގުކުރެއްވުމަށްފަހު އެ މައްސަލާގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށް ނިންމައި، އޭނާގެ ވަޒީފާ އަލުން އިއާދަކޮށްދޭން ކޮމިޓީން ރައީސަށް ލަފާ އަރުވާފައިވާތީ މަހުމޫދު ރިޔާޒުގެ ވަޒީފާ އަލުން އިއާދަކުރައްވާފައިވާކަމަށެވެ.

މަގާމުން ވަކިކުރުމާ ގުޅިގެން އޭރު މަހުމޫދު ރިޔާޒް ވަނީ، ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެ ކަމަށާއި, ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވެ ކަސްޓަމްސްގެ ކޮމިއުނިޓީ ގުރޫޕަކަށް މެސެޖެއްވެސް ފޮނުއްވާފައެވެ.

އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާނެ ކަމަށް، އެ ދުވަހު އޭނާ ވިދާޅުވިއެވެ.

އަދި އޭނާގެ ނަޒާހާތްތެރިކަމަށް އިތުބާރު ކުރެއްވުމަށް އެދިވަޑައިގެން، ކުރިއަށް އޮތްތަނުގައި ވެސް އޭނާ ހުންނަވާނީ ހިފަހައްޓަވާ ރަނގަޅު އުސޫލުތަކުގައި ކަމަށް ރިޔާޒުގެ މެސެޖުގައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެދޮރު، ޞިއްޙީ ފަރުވާ އަދި އިޤްތިޞާދީ ފައިދާ: ޑރ. މުއިއްޒު ސަރުކާރުގެ އަމާޒުރިޕޯޓް | 3 ގަޑިއިރު ކުރިންއދ.އަކީ ޤާނޫނުތަކަށް އިޙްތިރާމްކުރުމުގެ މަތީގައި ސާބިތުވެ އޮންނަ މުއައްސަސާ އަކަށް ވާން ޖެހޭނެ: ރައީސްޚަބަރު | 4 ގަޑިއިރު ކުރިންޒިންމާދާރު ޖީލެއް ބިނާކުރުމަށް: ވަޠަނީ ޚިދުމަތުގެ 4 ވަނަ ބެޗުގެ ތަމްރީނުތައް ފަށައިފިޚަބަރު | 11 ގަޑިއިރު ކުރިންއިޔާދަކޮށްދެއްވި ޚާރިޖީ ގުޅުންތަކުގެ ފޮނި މޭވާ ރައްޔިތުންނަށް: 20 އެއްބަސްވުމެއް، ވިޔަފާރި 13 މިލިއަނުން 200 މިލިއަން ޑޮލަރަށްރިޕޯޓް | ދުވަހެއް ކުރިން