logo
MPL

MPL

ރިޕޯޓް

ގެދޮރު، ޞިއްޙީ ފަރުވާ އަދި އިޤްތިޞާދީ ފައިދާ: ޑރ. މުއިއްޒުގެ އަމާޒު

އައިމިނަތު ސަދާނާ
24 އޮކްޓޯބަރު 2026 - 15:00
ހުޅުމާލޭގައި އަޅަމުންދާ ޓަވަރެއް
ހުޅުމާލޭގައި އަޅަމުންދާ ޓަވަރެއް

ދިވެހިރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނނގަޅުކޮށް، އާންމު ދިރިއުޅުން ފަސޭހަކޮށްދިނުމާއި، އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ އިސް އެއް އަމާޒެވެ. ކޮންމެ ޤައުމެއްގެވެސް ކުރިއެރުން ބިނާވެފައިވަނީ އެ ޤައުމެއްގެ ރައްޔިތުންނަށް ލިބިދެވޭ އަސާސީ ޚިދުމަތްތަކާއި ދިރިއުޅުމުގެ ހަމަޖެހުމުގެ މައްޗަށެވެ. އެގޮތުން މި އަމާޒުތައް ޙާޞިލުކުރުމަށްޓަކައި ގެދޮރުވެރިކަމާއި، ޞިއްޙީ ދާއިރާއާއި، އަސާސީ މުދާ ހެޔޮއަގުގައި ފޯރުކޮށްދިނުމާއި، އަދި ރަށްރަށުގެ އިޤްތިޞާދު ހަލުވިކުރުމަށް ސަރުކާރުން ދަނީ ޚާއްޞަ އިސްކަމެއް ދީގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ދިވެހި ކޮންމެ ޢާއިލާއަކަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. މުޢިއްޒު ސަރުކާރުން ވަނީ މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން ފުޅާ ދާއިރާއެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ރާވައި، ތަންފީޛުކުރުމުގެ މަސައްކަތް ފަށާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުން ފަހިކޮށްދެމުންދާ އެކިއެކި މަޝްރޫޢުތަކުގެ ތެރެއިން ގާތްގަނޑަކަށް 2028 ވަނަ އަހަރުގެ މެދުތެރޭގައި ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމުގެ އިތުބާރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި އެވެ. ގެދޮރު ހޯދުމުގެ ދަތިކަން ކުޑަކުރުމަށް ހިންގާ މަޝްރޫޢުތައް އަވަހަށް ނިންމުމާއި، ކުޑަ އިންޓްރެސްޓެއްގައި ހައުސިންގ ލޯނު ލިބޭނެ މަގު ފަހިކޮށްދިނުމަކީ ރައްޔިތުންގެ ޖީބަށް ލުއިވެގެންދާނެ ކަމެކެވެ.

މީގެއިތުރުން، ކާބޯތަކެއްޗާއި އަސާސީ މުދާ ރާއްޖެއަށް އެތެރެކުރުމާއި، އެ ތަކެތި ހުއްޓުމެއްނެތި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ޢާންމު ދިރިއުޅުމަށް ބޮޑު ހަމަޖެހުމެއް ގެނެސްދޭނެ ކަމެކެވެ. އަސާސީ މުދަލުގެ އަގު ކޮންޓްރޯލްކޮށް، އެކަށީގެންވާ އަގުތަކެއްގައި މުދާ ލިބެން ހުރުމަކީ މި ސިޔާސަތުތަކުގެ ޢަމަލީ ނަތީޖާ ވަޒަންކުރެވޭ މުހިންމު މިންގަނޑެކެވެ.

ރަށްރަށުގެ ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް، ފެންވަރު ރަނގަޅުކުރުމަކީވެސް މިސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ދާއިރާއެކެވެ. ވެރިރަށް މާލެއަށް ބަރޯސާނުވެ، އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުން ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ ނިޒާމު ޤާއިމުކުރުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ. މީގެ ސަބަބުން ބޭސްފަރުވާއަށް ރައްޔިތުން ކުރަންޖެހޭ ޚަރަދާއި، އުފުލަންޖެހޭ ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

އަދި ހަމައެހެންމެ، ރަށްރަށުގެ އިޤްތިޞާދު ހަލުވިކޮށް ދިރުވުމަށްޓަކައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. ޚާއްޞަކޮށް، މަސްވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށާއި، ރަށްރަށުގައި މަހުމަސް ކުރުމާއި، ކިރުމަސް ކުރުމާއި، އަދި ދިވެހި ކާބޯތަކެތި އުފައްދާ ފަރާތްތަކުގެ ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިކަން ދިނުމަކީ ރަށްފުށުގެ އިޤްތިޞާދަށް ދިރުން ގެނެސްދޭނެ ކަމެކެވެ. މިއީ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ފަރާތްތަކަށް ކުރިއެރުން ލިބި، ރަށްރަށުގައި ފައިސާ ދައުރުވާ މިންވަރު އިތުރުވެގެންދާނެ ސަބަބެކެވެ.

ޚުލާޞާކޮށް ދަންނަވާނަމަ، މުޢިއްޒު ސަރުކާރުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކަކީ ދުރުރާސްތާއަށް އަމާޒުކޮށްގެން ފަރުމާކުރެވިފައިވާ ކަންކަމެވެ. ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހަލުވިކުރުމާއި، އަސާސީ މުދާ ހެޔޮއަގުގައި ލިބޭނެ މަގު ތަނަވަސްކުރުމާއި، ޞިއްޙީ ޚިދުމަތްތައް ލާމަރުކަޒުކޮށް ރަނގަޅުކުރުމާއި، އަދި އަމިއްލަ މަސައްކަތްތެރިންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަކީ ދިވެހި ރައްޔިތުންނަށް އުފާވެރި، ފާގަތި މާދަމާއެއް ހޯދައިދިނުމަށް ކޮށޭ މުހިންމު މަގުތަކެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެދޮރު، ޞިއްޙީ ފަރުވާ އަދި އިޤްތިޞާދީ ފައިދާ: ޑރ. މުއިއްޒު ސަރުކާރުގެ އަމާޒުރިޕޯޓް | 3 ގަޑިއިރު ކުރިންއދ.އަކީ ޤާނޫނުތަކަށް އިޙްތިރާމްކުރުމުގެ މަތީގައި ސާބިތުވެ އޮންނަ މުއައްސަސާ އަކަށް ވާން ޖެހޭނެ: ރައީސްޚަބަރު | 4 ގަޑިއިރު ކުރިންޒިންމާދާރު ޖީލެއް ބިނާކުރުމަށް: ވަޠަނީ ޚިދުމަތުގެ 4 ވަނަ ބެޗުގެ ތަމްރީނުތައް ފަށައިފިޚަބަރު | 11 ގަޑިއިރު ކުރިންއިޔާދަކޮށްދެއްވި ޚާރިޖީ ގުޅުންތަކުގެ ފޮނި މޭވާ ރައްޔިތުންނަށް: 20 އެއްބަސްވުމެއް، ވިޔަފާރި 13 މިލިއަނުން 200 މިލިއަން ޑޮލަރަށްރިޕޯޓް | ދުވަހެއް ކުރިން