logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރިކީލަ ރިޟާ އަވަހާރަވުމުން ރައީސްގެ ތައުޒިޔާ

ޢައްފާން މުޙައްމަދު
9 ނޮވެމްބަރު 2025 - 07:39
ކުރިކީލަ ރިޟާ އަވަހާރަވުމުން ރައީސްގެ ތައުޒިޔާ

ޝަރުޢީ ދާއިރާއާއި ސަރުކާރަށް ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތް ކުރައްވާފައިވާ އަޙްމަދު ރިޟާ (ކުރިކީލަ ރިޒާ) އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެއާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރިޟާ އަވަހާރަވުމާއި ގުޅިގެން އާއިލާއަށް ތަޢުޒިޔާ ވިދާޅުވެ ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝަރުޢީ ދާއިރާ އާއި އަދި ސަރުކާރަށް ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތް ކުރައްވާފައިވާ، އަދި އިޖްތިމާޢީ ކަންކަމުގައިވެސް އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ހ. ނޫކުރިކީލަ އަޙްމަދު ރިޟާ (ކުރިކީލަ ރިޒާ) އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާކަމަށެވެ.

އަދި އެއާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުޒިޔާ ވިދާލުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެއްވުމަށް އެދި ދުޢާކުރައްވާފައެވެ.

ރިޟާ އަވަހާރަވެފައިވަނީ އުމުރުފުޅުން 82 އަހަރުގައި މެލޭޝިޔާގައެވެ.

ރިޟާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަސުރުނަމާދަށް ފަހު މެލޭޝިއާގެ މަސްޖިދު އާރާ ދަމަންސަރާގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިކީލަ ރިޟާ އަވަހާރަވުމުން ރައީސްގެ ތައުޒިޔާޚަބަރު | 2 ގަޑިއިރު ކުރިން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މިރޭ ހުޅުވަނީޚަބަރު | 3 ގަޑިއިރު ކުރިން241 ކޮމިޓީގެ ލަފަޔާ އެއްގޮތަށް ރިޔާޒުގެ ވަޒީފާ އިޔާދަކޮށްފިޚަބަރު | 14 ގަޑިއިރު ކުރިން''ރައްޔިތުން ބޭނުންވަނީ އެންމެން އެއްތަނަކަށް ޖަމާވެ، ރައީސްއަށް ޝުކުރު ދަންނަވަން''ޚަބަރު | 20 ގަޑިއިރު ކުރިން